ކްރިސްޕީ ފިޝް--
ލައިފްސްޓައިލް
10 Mar 2023 | 10:42
މިއޮތީ އެންމެ މީރުކޮށް ކްރިސްޕީ ފިޝް ތައްޔާރު ކޮށްލާނެ ގޮތް

މަހަކީ އާއްމުކޮށް ދިވެހިންގެ ކެއުމުގައި އެންމެ ބޭނުންކުރާ އެއް އިންގްރީޑިއަންޓެވެ. ކަނޑުމަށް ވިޔަސް ފަރުމަސް ވިޔަސް ދިވެހިންނަށް މަސް ވަރެއް ނޯވެއެވެ. އެހެންކަމުން މިއަދު މި ގެނެސްދެނީ ވަރަށް މީރުކޮށް ކްރިސްޕީ ނޫނީ މުރަނަ މަސް ހަދާނެ ގޮތެވެ. މި ގޮތަށް ކްރިސްޕީ ފިޝް ހަދަން އެންމެ ކަމުދަނީ ކުރުމަހެވެ. ކުރުމަސް ލިބެން ނެތް ނަމަ ކަނޑުމަސްވެސް ރަނގަޅު ވާނެއެވެ. 

މަސް މެރިނޭޓް ކުރަން ބޭނުންވާ ތަކެތި

900ގ, ރޯ މަސް (ގާތް ގަނޑަކަށް އެއް އިންޗި ބޯ މިނުގައި ދިގުމިނުގައި 4 އިންޗި ހުންނަ ވަރަށް ކޮށާފައި)

2 ބިސް

1 ސައި ސަމުސާ ގާނާފައި ހުރި ލޮނުމެދު

1 ސައިސަމުސާ ގާނާފައި ހުރި އިނގުރު 

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް 

1 ސައި ސަމުސާ ޓޮމާޓޯ ސޯސް

1 ސައި ސަމުސާ ސޯޔާ ސޯސް

ރަހާލާ ވަރަށް ލޮނު (ގާތް ގަނޑަކަށް 1 1/2 ސައި ސަމުސާ)

1 މޭޒުމަތީ ސަމުސާ މުގުރި ހިކި މިރުސް 

1 ސައި ސަމުސާ މުގުރި އަސޭ މިރުސް

1 ޖޯޑު ދިޔާ ކިރު

މަސް ކޮޅާއި ކިރު ފިޔަވައި ދެން ހުރި ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ކިރު ވެސް މަޑު މަޑުން އަޅަމުން އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް މަސް ކޮޅު ލައި ރަނގަޅަށް އެކުލަވައި ލުމަށްފަހު މަތި ރަނގަޅަށް ބަންދު ކޮށްލާފައި 3 ގަޑިއިރު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.

މަހުގެ ކޯޓިން ހަދަން ބޭނުންވާ ތަކެތި

1 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ކޯން ފްލާރ

1/2 ސައި ސަމުސާ ބޭކިންގ ޕައުޑަރ

1 ސައި ސަމުސާ ލޮނުނެދު ޕައުޑަރ (ނުވަތަ ގާނާފައި ހުރި ލޮނުމެދު)

ލޮނުކޮޅެއް

1 ސައި ސަމުސާ މުގުރި ހިކި މިރުސް

1/2 ސަމުސާ ރީނދޫ

ތައްޔާރުކުރާނެ ގޮތް 

1) ކޯޓިން ހެދުމަށް ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ. 

2) ދެން މެރިނޭޓް ކުރި މަސް ތަކުން، ފަހަރަކު މަސް ކޮޅެއްގެ ބޭރުގަައި ރަނގަޅަށް ފުށް އުނގުޅައި ލުމަށްފަހު މެރިނޭޓް ކުރި ދިޔަ ގަނޑުތެރެއަށް ލައި ތެންމާލުމަށްފަހު އަނެއްކާވެސް ފުށަށް ލައި ރަނގަޅަށް މަސްކޮޅުގައި ފުށް އުނގުޅާލާށެވެ.

3) އެއަށްފަހު އުނދުން މައްޗަށް ތެޔޮ އުދައި އެ ހޫނު ވުމުން މަސްކޮޅު އެއަށް އަޅާށެވެ. މަޑު ގިނީގައި މަހުގެ ރޯ ފިލައި ރަން މުށި ކުލަ އަރަންދެން ތެލުލާލާށެވެ.

މިގޮތަށް ތައްޔާރު ކުރާ ކްރިސްޕީ ފިޝް، ޑިޕިން ސޯސް އާއި، ސެލެޑް އަދި ފްރެންޗް ފްރައިސް އާއި އެކު ކާލާއިރު ވަރަށް މީރުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.