އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނު ރައްޔިތެއްގެ ދެ ކާރެއްގައި ރޯކޮށްލައިފި
ހަބަރު
11 Mar 2023 | 14:50
އިޒްރާއިލުން ފަލަސްޠީނުގެ މީހެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން ތިބި އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތެއްގެ ގަޔަށް ބަޑިޖަހައި މަރައިލައިފިއެވެ.

މިކަމާއި ގުޅިގެން އިޒްރާއިލްގެ މިލިޓަރީ އިން ބުނެފައިވަނީ ޝަހީދު ކޮށްލެވުނު ފަލަސްޠީނުގެ މީހާ ޣަލަޣިޔާ ސިޓީ ކައިރީގައި އޮންނަ ކަރްނެއި ޝޮމްރޮން ފާމަށް ވަޅިއާއި ގޮވާތަކެއްޗާއި އެކު ވަތް ކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ޝަހީދު ކޮށްލެވުނު 21 އަހަރުގެ ޢަބްދުލްކަރީމް ބަދީޢީ ގެ ގަޔަށް ވަނީ ބަޑި ޖެހުމުގެ ސަބަބުން އެތަން މިތަނަށް ވަޒަން އަރައިފައި ކަމަށެވެ.

ފަލަސްޠީނުގެ ވަފާ ނިއުސް އިން ބުނެފައިވަނީ ޢަބްދުލްކަރީމް ޝަހީދު ކޮށްލެވުނު ފަހުން އެނާ ނިސްބަތްވާ ސަންރިއްޔާ އަށް ވަދެ އޭނާގެ އާއިލާގެ މެންބަރުންގެ ގޭގެއަށްވަދެ އެތައް ގެއްލުންތަކެއް ދީފައި ވާކަމަށެވެ. ޢަބްދުލްކަރީމްގެ އާއިލާއިން ބުނެފައިވަނީ އޭނާ އަކީ ދީންވެރި ދީނަށް ލޯބި ކުރާ ޒުވާނެއް ކަމަށެވެ. އަދި ފަލަސްޠީނުގެ އެއްވެސް ހަތިޔާރު އެޅި ޖަމާޢަތަކާއި އޭނާ އާއި ގުޅުމެއް ނޯންނަކަމަށެވެ. ޢަބްދުލްކަރީމް ޝަހީދުކޮށްލުމަށް ފަހު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ އިޒްރާއިލުންގެ ބެލުމުގެ ދަށުގައެވެ.

އިޒްރާއިލް ސިފައިންވަނީ ރާމައްﷲ ކައިރީގައި އޮންނަ ނިލިން ޓައުން ގައި މިލިޓަރީ ރެއިޑެއް ހިންގިކަމަށް ބުނެފައެވެ. އިޒްރާއިލުން ބުނެފައިވަނީ އެ ރެއިޑުގައި އެމީހުންގެ ގަޔަށް ގައު އުކި ބަޔަކަށް އަމާޒުކޮށް ބަޑިޖެހި ކަމަށެވެ. އަދި އޭގެ ތެރެއިން މީހަކު މަރުވި ކަމައް ނުވަތަ ޒަހަމްވިކަމެއް އިޒްރާއިލުން ބުނެފައެއްނުވެއެވެ.

ފަލަސްޠީނުގެ އޮފިޝަލުން ވެސް ނިލިން ޓައުން އިން މީހަކު މަރުވިކަމެއް ނުވަތަ ޒަހަމްވިކަމެއް އެނގިފައި ނުވާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.