ހިންދޫއިން އަނިޔާކޮށް މަރާލި ނަސީމް ޤުރައިޝީ
ހަބަރު
11 Mar 2023 | 14:57
އިންޑިޔާގެ ޤުރައިޝީގެ މަރުގެ މައްސަލަ އާއި ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފި

އިންޑީޔާގައި ހިންދޫއިން އެއްވެ އަނިޔާކުރުމުގެ ސަބަބުން މަރުވި 56 އަހަރުގެ ނަސީމް ޤުރައިޝީގެ މަރުގެ މައްސަލަ އާއި ގުޅުން ހުރި ތިން މީހަކު އިންޑިޔާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފާއިތުވި ހަފްތާގައި ޤުރައިޝީއަށް ހިންދޫން ތަކެއް ހަމަލާދީފައިވަނީ އޭނާ ގެރިމަސް ތަކެއް ގެންގުޅޭ ކަމަށް ބުނެއެވެ. ގެރިމަސް ގެންގުޅުމާއި ކެއުމާއި ވިއްކުން އިންޑީޔާގެ ބައެއް ސަރަހައްދުތަކުގައި ވަނީ މަނާކޮށްފައެވެ.

އިންޑިޔާ ފުލުހުން ކޯޓުގައި ބުނެފައިވަނީ ޤުރައިޝީއަށް ހަމަލާދީފައިވަނީ 20 މީހުންގެ ގްރޫޕަކުން އޭނާގެ ވަށައިލުމަށް ފަހުކަމަށެވެ. އަދި ޕޮލިހުން ކުށުގެ ވެއްޓަށް ގޮސް ޤުރައިޝީ އެމީހުންގެ ކިބައިން ސަލާމަތް ކޮށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ މަރުވެފައިވާކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ފުލުހުންގެ ހެޑް ރާމްޗަންދްރަ ތިވާރީ ރޮއިޓާސް އަށް ފޯނުން މައުލޫމާތު ދެމުން ބުނެފައިވަނީ ޤުރައިޝީގެ މަރުގެ މައްސަލައާއި ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.  

ގެރިއަކީ ހިންދޫ ދީނުގައި ހުރުމަތްތެރި އެއްޗެއްކަމަށް ބުނެއެވެ. އެކަމާއި ގުޅުވައިގެން ހިންދޫން މުސްލިމުނަށް ގެރިމަހާއި އޭގެ ހަމުގެ ބޭނުމުގައި މަރާކަމަށް ބުނެ އެތައްފަހަރަކު ހަމަލާތައް ދީފައި އެބަހުއްޓެވެ. ހަރުކަށި ހިންދޫއިން އިންޑީޔާގައި ގެރިމަސް ކެއުމާއި ވިއްކުމާާއި ގެންގުޅުން އެއްކޮށް މަނާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަމުން ދެއެވެ. 

އިންޑިޔާގެ ހަރުކަށި ހިންދޫއިން އެއްވެސް ސަބަބެއްވެސް ނެތިވެސް ވެސް އެތައް މުސްލިމުންނަކަށް އަނިޔާ ކުރި ކަމުގެ ރިޕޯޓްތައް ބައިނަލް އަޤްވާމީ މީޑިއާތަކުން ކޮށްފައި އެބަހުއްޓެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.