ޗައިނާގެ ރައީސް ޝީ ޖިންޕިންގ-- ފޮޓޯ/ބިޒްނަސް އިންސައިޑަރ
ދުނިޔެ
12 Mar 2023 | 12:22
ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިންގް އިންތިޚާބު ކޮށްފި

ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް ޝީ ޖިންޕިންގް، އިންތިޚާބުކޮށްފި އެވެ.

އުމުރުން 69 އަހަރުގެ ޝީ ޖިންޕިންގް އަށް ތިންވަނަ ދައުރެއް ޔަޤީންވެފައިވަނީ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނަަށް ގެނައި އިސްލާހާއެކުގައެވެ. އެގޮތުން އެ ޤައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ދެ ދައުރަކަށް ކަަމަށް ބަޔާން ކުރާ މާއްދާ ވަނީ އުވާލާފައެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ، ހުކުރު ދުވަހު އޮތް ޖަލްސާގައި ބައިވެރިވި 2،952 މެންބަރުން ވަނީ ޝީ އަށް ތިން ވަނަ ދައުރެއް ދެއްވުމަށް ވޯޓު ދީފައެވެ. އެމަނިކުފާނާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއެވެ.

ޝީއަށް ތިންވަނަ ދައުރެއް ޔަޤީންވެފައިވާއިރު ނާއިބުގެ މަޤާމަށް އިންތިޚާބުވެފައިވަނީ ޒާއޯ ލެޖީއެވެ.

ޗައިނާގެ ރައީސް ކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން، ރައީސް ޝީ އިއްޔެ ވަނީ ޗައިނާ ސަރުކާރަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ބަދަލުތަކުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ މަގާމަށް އޭނާ ހުށަހެޅުއްވި، ލީ ޗިއާން އެ މަގާމަށް އައްޔަންކުރުމަށް އިއްޔެ ފާސްކޮށް، އޭނާ މިހާރު ވަނީ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

ޗައިނާގެ ވެރިކަމުގެ ނިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތުން ރައީސް ކަމުގެ މަގާމަކީ މާ ބޮޑު ބާރުތަކެއް ނޯންނަ، ހަމައެކަނި ރަމްޒީ އަދި ޝަރަފްވެރިކަމުގެ މަގާމެކެވެ. ނަމަވެސް އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބާރުތަކާއި އިމްތިޔާޒުތައް ލިބިވަޑައިގަންނަވަނީ، ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުންނާއި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަންގެ ހައިސިއްޔަތުންނެވެ.

އެ ދެ މަގާމުގައި ވެސް، މާޗް 2013 އިން ފެށިގެން ހުންނެވީ ރައީސް ޝީ އެވެ. އަދި މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި، ކޮމިޔުނިސްޓް ޕާޓީގެ އަހަރީ އާންމު ބައްދަލުވުމުގެ އިއްތިފާގުން ވަނީ، އެ ދެ މަގާމުގެ ތިން ވަނަ ދައުރަކަށް، ރައީސް ޝީ އިންތިޚާބު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.