އަމީނީ މަގުގެ ތާރުއެޅި ބައި/ ފޮޓޯ: ވޮއިސް
ހަބަރު
12 Mar 2023 | 16:27
ޒަމާނީ އަމީނީ މަގުގައި ދިވެހި ރުކެއް ނުޖަހާނެ: އާރު.ޑީ.ސީ

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ އަމީނީ މަގުގައި ދިވެހި ރުއް ޖެހުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ޕްލޭނިން މިނިސްޓްރީ މެދުވެރިވެގެން އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ މި ދިޔަ ޖުލައި މަހުގައެވެ. 

10 މަސް ތެރޭ ނިންމުމަށް އެއްބަސްވެވުނު އެ މަސައްކަތަކީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

1.7 ކިލޯ މީޓަރުގައި ތާރުއަޅައިގެން ހަދާ އެމަގުގެ މަސައްކަތް ނިމޭއިރު، ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި މަގުބައްތި ޖެހިފައި ހުންނާނެކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ މާލެއިން ނުފެންނާނެވަރުގެ ރީތި މަގަކަށް ވެގެންދާނެ ކަމަށްވެސް މޫކޭ ވިދާޅުވެފައި ވެއެވެ. 

މިފަހުން ތަރައްގީ ކުރާ މަގުތަކުގެ ފަޅުކަން ފިލުވާ، މަގުހިނގާ މީހުންގެ ހިތްހަމަ ޖައްސައިދިނުމަށް މަގުތަކުގައި ގަސް އިންދުމަކީ ކުރަމުން އަންނަ ކަމެކެވެ. އެއާއެކު މާލޭ ސިޓީ ކައުންސިލުން އިސް ނަގައިގެން މާލޭގެ ވަށާ އޮންނަ ރިންގު ރޯޑުގައި ކަދުރު ރުއްތައް ޖެހުމާއި ގުޅިގެން އެއީ ދިވެހި ސަޤާފަތާއި ގުޅުމެއް ނެތް އެއްޗެހި ކަމަށް ބުނެ ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ. 

އެހެންކަމުން، އަމީނީ މަގު ތަރައްގީ ކުރުމަށްޓަކައި، އެމަގުގައި ހުރި ދުވަސްވީ ގަސްތަކެއް ކަނޑާ އުކާލާފައިވާއިރު، މަގު ނިމިގެން އަންނައިރު، އެ ގަސްތަކުގެ ބަދަލުގައި ދިވެހި ސަޤާފަތާއި ވެސް ގުޅުން ހުރި ރީތި ގަސްތަކެއް ފެނިދާނެކަމަށް އާންމުން އުންމީދު ކުރެއެވެ. 

އަމީނީ މަގު ތަރައްގީވެ އާންމުންނަށް ބޭނުންކުރަން ހުޅުވާލާއިރު، އެ މަގުގައި ދިވެހި ރުއްތައް ޖެހުމުގެ ވިސްނުން އާރުޑީސީން ގެންގުޅޭތޯ "ވޮއިސް" އިން ވާނީ އަހާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އާރުޑީސީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ ޒަމާނީ އަމީނީ މަގުގައި ދިވެހި ރުއް ޖެހުމުގެ ވިސްނުމެއް އާރުޑީސީން ނުގެންގުޅޭ ކަމަށެވެ. ދިވެހި ރުކުގެ ބަދަލުގައި އެހެން ބާވަތެއްގެ ގަސް ޖަހާ، މަގުމަތީގެ ފަޅުކަން ފިލުވާދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަކަށްވެސް ވިދާޅެއް ނުވެއެވެ. 

އެހެންކަމުން، އަމީނީ މަގު ތަރައްގީވެ އާންމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލާއިރު، "ކޮންކުރިޓު ސާލެއް" ނޫން އެހެން މަންޒަރެއް ފެންނާނެހެނެއް ހިޔެއް ނުވެއެވެ. ޔަގީނުންވެސް މަގުމަތީގައި ދިވެހި ސަޤާފަތާއި ގުޅޭ ދިވެހި ރުއްތަކެއް ނުހުންނާނެކަން އާރުޑީސީން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.