ތިން ޒުވަނުން ޝަހީދުވި ސަރަހައްދުގައި އިޒްރާއިލް ސިފައިންގެ މީހަކު ފަލަސްޠީނުގެ މީހަކު ހިފަހައްޓައިގެން
ހަބަރު
12 Mar 2023 | 17:21
އިޒްރާއިލުން ފަލަސްޠީނުގެ 3 މީހަކު ޝަހީދުކޮށްލައިފި

އިޒްރާއިލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ތިން ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރާއިލު ސިފައިން ބުނެފައިވަނީ އެމީހުން ޝަހީދު ކޮށްލި ތިން މީހުންނަކީ ހަތިޔާރު އެޅި ތިން ހަނގުރާމަ ވެރިން ކަމަށެވެ. އަދި އިޒްރާއިލުން ވަނީ ފުރަތަމަ ހަމަލާދޭންފެށީ އެތިން މީހުން ކަމަށް ބުނެފައެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ފަލަސްޠީނުގެ ތިން ޒުވާނަކު ނާބުލުސް ސިޓީ ކައިރީގައި އިޒްރާއިލުން ދިން ހަމަލާތަކެއްގައި ޝަހީދުވެފައި ވާކަމަށެވެ.

އިޒްރާއިލްގެ ސިފައިން ބުނެފައިވަނީ އެތިން މީހުން ޝަހީދުވެފައިވަނީ ދެފަރާތުގެ މެދުގައި ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އިޒްރާއިލްގެ އެއްވެސް މީހަކަށް އަނިޔާއެއް ވެގެން ފަރުވާ ހޯދައިފައެއް ނުވެއެވެ.

މިފަހަކަށް އައިސް އިޒްރާއިލް ސިފައިންގެ އިތުރުން އިޒްރާއިލްގެ ޔަހޫދީން ނުކުމެވެސް ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް އަނިޔަތައް އަންނަނީ ދެމުންނެވެ.

މި ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަތުނަށް މަސައްކަތް ކުރަމުން އަންނަ އިޒްރާއިލްގެ ޔަހޫދީންނާއި ފަލަސްޠީނުގެ ރައްޔިތުންނާއި ދެމެދު ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑުވެފައެވެ.

މި ފާއިތުވި އަހަރެއްހާ ދުވަސް ތެރެގައި އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިން ހާހެއްހާ މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި 200 އެއްހާ މީހަކު ޝަހީދު ކޮށްލައިފައިވެއެވެ. މީގެ ތެރޭގައި ޢާންމުންނާއި ހަނގުރާމަ ވެރިންވެސް ހިމެނެއެވެ. ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރާ ހަނގުރާމަ ވެރި ޖަމާޢަތްތަކުގެ ހަމަލާތަކުގައި އިޒްރާއިލްގެ 40  މީހަކު މަރުވެފައި ވެއެވެ. މީގެ ތެރޭގައި އިޒްރާއިލާއި އެކު މަސައްކަތް ކުރާ އެހެން ޤައުމުތަކުގެ މީހުންވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.