ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ހުސެއިން
ހަބަރު
12 Mar 2023 | 18:35
ބެކްރައުންޑް ޗެކް ހެދުން ދޫކޮށްލުމުން ފުލުހުންނަށް އޮތް އިތުބާރު ގެއްލޭނެ: އަލީ

ވަޒީފާއަށް ނެގުމުގެ ކުރިން ފުލުހުންގެ ބެކްރައުންޑް ޗެކް ހެދުން ދޫކޮށްލުމުން ފުލުހުންނަށް އޮތް އިތުބާރު ގެއްލޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

 ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހަދައި، ފުލުހުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ އިސްލާޙާއި ގުޅިގެން ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި ސިޔާސީ ދާއިރާގެ ގިނަ ބަޔަކުވެސް އެކަމާއި މެދު ވަނީ ހިޔާލު ފާޅުކޮށްފައެވެ.

މި ކަމައި ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ހުސެއިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަން އިޚްތިޔާރީ ކަމަކަށް ހެދުމުގެ ނަތީޖާއަކަށް ވެގެންދާނީ ފުލުހުންގެ ޚިދްމަތާއި މެދު ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލުން ކަމަށެވެ. އަދި އިސްލާޙު ކުރުމުގެ ކުޑަވެސް ނިޔަތެއް އަދި ހިތްވަރެއް ނެތީ ތޯ ޢަލީ ސުވާލު ކުރައްވާފައިވެއެވެ.

ފުލުހުންގެ ޚިދްމަތާއި އަލަށް ގުޅޭ ފަރާތްތަކަކީ ވަޒީފާ އާއި އެކަށީގެންވާ މީހެއްތޯ ބެލުން ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާއިން މަޖުބުރޫ ކުރެއެވެ. ނަމަވެސް އަސްލަމް މިހާރު ހުށައަޅުއްވާފައިވާ އިސްލާޙާއި އެކު މިކަމަށް ބަދަލު އަންނާނެއެވެ.

ކޮމެންޓް
ބުލްބުލް
އެއީ ކުރިޔަށް އޮތް އިންތިހާބަށް ބިއްޖެހިފަ ތިބޭ ލާދީނީ 1000 ހާ މީހުންނާއި މާރާމާރީގެ ބޮޑުންނަށް މި ސަރުކާރުން ވަޒީފާތައްް ދޭން ޖަހާ މަޅިއެއް. ޤައުމެއް ނެތް .
12 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.