ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމު/ ފޮޓޯ: ސަން
ހަބަރު
13 Mar 2023 | 10:46
ރާއްޖެއަށް ފާޑުކީ ލަންކާ ޓޫރިޒަމް މިނިސްޓަރަށް ޑރ.މައުސޫމް ރައްދު ދެއްވައިފި

ރާއްޖޭގައި އޮންނަނީ ހަމައެކަނި ދޮންވެލި ބީޗްއެއްކަމަށް ވިދާޅުވެ ފޫހި މަންޒިލެއްގެ ގޮތުގައި ރާއްޖެ ސިފަ ކޮށް ލަންކާގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުالله މައުސޫމް ރައްދު ދެއްވާފިއެވެ.

ބާލިންގައި އޮތް އައިޓީބީ ފެއާގައި ވާހަކަދައްކަވަމުން ފެނާންޑޯ ވިދާޅުވެފައިވަނީ ސްރީ ލަންކާ އަކީ ފަތުރުވެރިން ގިނަ ކަންތައްތަކެއް ކޮށް އެކި ކަހަލަ ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގައުމެއްކަމަށެވެ.

އެގޮތުން އެންމެ 2 ގަޑިއިރު ތެރޭގައި ސްރީލަންކާގެ ހަތަރު މޫސުމާއި، އެ ގައުމުގެ ފިނި މޫސުން ތަޖުރިބާ ކޮށްލެވޭނެ ކަމަށް ވަނީ ވިދާޅުވިއެވެ.

އަދި އެ ގައުމުގެ ބީޗްތަކާއި، އެ ތަނުގައި ރާޅާއެޅުމާއި، މާވަހަރު ބެލުން އަދި މިއާއިއެކު ފަރުބަދަ ތަކަށް އެރުމާއި ހައިކް ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއާ ޚިލާފަށް ރާއްޖޭގައި އޮންނީ ހަމަ އެކަނި ދޮންވެލި ބީޗްއެއް ކަމަށާއި 5 ދުވަހަށް ފަހު އެތަނުގެ މަތިން ފޫހިވާނެ ކަމަށާއި ތިބެންޖެހޭނީ ތިބޭ އެއްތާކު ކަމަށް ވިދާޅުވެ ރާއްޖެއަށް ވަނީ ފާޑުކިޔާފައެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުالله މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހިރާއްޖެއަކީ 2020، 2021 އަދި 2022 ވަނަ އަހަރުވެސް ވޯލްޑް ޓްރެވަލް އެވާޑްސްގެ ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން އެވާޑް ހޯދި ގައުމެއް ކަމަށް ފާހަގަ ކުރައްވާފައެވެ.

މިއާއިއެކު މިނިސްޓަރ ވަނީ ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބެންޗްމާކް ކަމަށް ވިދާޅުވެ ރާއްޖެއަކީ އެންމެ މޮޅު އަދި އެންމެ ދާހިއްވާ މަންޒިލްކަމުގައި ހެދުމަށް ޑިވެލޮޕަރުންނާއި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

"ހަސަދަވެރިވެ ޝައްކުވެރިވެރިވާނަމަ ތަކުރާރުކޮށް ލޯގަނޑާއި ސުވާލު ކުރައްވާ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.