މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Mar 2023 | 15:48
ނުފޫޒުން އެއްކިބާ ނުވާ ނަމަ ވޯޓު ފޮށިތައް ބަނދަރުން ހޮވާ ހިސާބަށް ހިނގައިދާނެ: ޠާރިގު

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ފޯރުވަމުންދާ ނުފޫޒު ތަކަށް އިލެކްޝަންސް ކޮމިޝަނުން ބޯލަނބައިފި ނަމަ، ވޯޓު ފޮށިތައް ރަށްރަށުގެ ބަނދަރުން ހޮވާ ހިސާބަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޠާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޠާރިގު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ސްޕްރީމްކޯޓަށް މައްސަލަ އެއް ހުށަހަޅާފައިވަނިކޮށް، އިންތިހާބާއި ގުޅޭ ކަރުދާސްތަކެއް އިލެކްޝަންސް ކޮމިޝަނުން އަންދާލާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރު ގައުމުން ވަނުމަށް ފުރުސަތު ހޯދުމަށް ކަމަށްވެސް ޠާރިގް ވިދާޅުވިއެވެ. 

މިއާއެކު ޠާރިގު ވިދާޅުވީ ރައީސް ޞާލިހަކީ ސީޔާސީ ގޮތުން މާ ވަރުގަދަ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް މާ ބޮޑު ކާމިޔާބީއެއް އެމަނިކުފާނަށް ހޯދިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން، ސަރުކާރާއެކު "އެއްދާން" ކުރާ ބައެއް ޕާޓީތަކުން މިއަދު ތިބީ ރައީސް ޞާލިހް ދޫކޮށް ނުކުތުމުގެ މަރުހަލާގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ ޕާޓީ ތަކުން ޕީޕީއެމާއި ގުޅެން ތައްޔާރަށް ތިބި ކަމަށާ، އެހެން ނަމަވެސް ޕީޕީއެމުން އެ ފަރާތްތަކާއީ ގުޅޭނީ ސަރުކާރުގައި ތިބި އެ ޕާޓީތަކުގެ މިނިސްޓަރުން މަގާމުން ވަކިވުމުން ކަމަށްވެސް ޠާރިގް ވިދާޅުވިއެވެ. 

މިއާއެކު ޠާރިގު ވިދާޅުވީ އޭނާގެ އެދުމަކީ މި އަންނަ ރިޔާސީ އިންތިހާބަކީ، ހާއްސަކޮށް އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއެކު، މި އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން، ސުލްހަވެރި ރިޔާސީ އިންތިހާބަށް ވާނެ ގޮތަކަށް ސަރުކާރުން އަމަލު ކުރަމުން ދިއުން ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ ސަރުކާރުން ބުނާހާ ކަމެއް ކުރާ ބަޔަކަށް ވެއްޖެ ނަމަ، ސެޕްޓެމްބަރު ނުވައެއްގައި އޮންނަ އިންތިހާބަކީ ހަލަބޮލި އިންތިހާބަކަށް ވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭރު ގައުމެއްގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތް ކަމުގައި ވިޔަސް، ސަރުކާރުން ކުރާ ނުފޫޒުތަކަށް ބޯލެނބުމެއް ނެތި އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ކުރިއަށް ނުގެންގޮސްފި ނަމަ، އެމްޑީޕީގެ އެންމެ ފަހުން ބޭއްވި އެތެރޭގެ އިންތިހާބު ގޮތަށް ފޮށިތައް ރަށްރަށުގެ ބަނދަރުން ހޮވާ ހިސާބަށް އިންތިހާބު ދާނެ،" 

"އަޅުގަނޑުމެން މިތިބީ ދޫކުރާ ގޮތަކަށް ނޫން. ވޯޓު އޮޅުވާލުމުގެ ފުރުސަތު ދޭ ގޮތަކަށް ވެސް ނޫން. އިލެކްޝަންސް ކޮމިޝަނަށް އަދި ސަރުކާރަށް ވެސް މި ދަންނަވަނީ ރަށްރަށުގެ ބަނދަރުން ވޯޓު ފޮށިތައް ހޮވާ ހިސާބަށް ހިނގައިދާނެއޭ ސުލްހަވެރި އިންތިހާބަކަށް މި އިންތިހާބު ނުހައިދައިފި ނަމަ،" ޠާރިގް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.