އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން-- ފޮޓޯ/ ވޮއިސް
ހަބަރު
14 Mar 2023 | 10:39
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާސިފް ހައްޔަރު ކުރީ ބިރުދައްކަން: އިދިކޮޅު

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް ޢާޞިފް ހައްޔަރު ކޮށްފައިވަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް އިދިކޮޅުން ބުނެފިއެވެ. 

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ވަކީލު އާސިފް ހައްޔަރު ކުރުމާއި ގުޅިގެން ޤާނޫނީ ވަކީލުންނަށް ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯލިޝަންގެ ފަރާތުން ސުލްޙަވެރިކަމާއެކު ގެންދެވޭ އިޙުތިޖާޖުގެ ހަރަކާތްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންނަށް ސީދާ ޢަމާޒުކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުންދާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެއެވެ. 

"ރޭ މާލޭގެ މަގުމަތީ ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތުގައިވެސް ވަނީ އެހަރަކާތުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި ޤާނޫނީ ވަކީލު އަދި ޕީޕީއެމްގެ އިސްތިޢުނާފް ކޮމިޓީގެ ނާއިބު މުޤައްރިރު އަލްއުސްތާޛު އާދަމް ޢާޞިފް ހައްޔަރުކޮށްފައެވެ. އާޞިފަކީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެވެސް މެންބަރެކެވެ. މިފަދަ ފިނޑި އަދި ނާތަހުޒީބު ޢަމަލުތަކަކީ ބަލައިގަނެވޭނޭ ޢަމަލުތަކެއް ނޫނެވެ. އަދި މިއީ ބިރު ދެއްކުމުގެ ޢަމަލެކެވެ." އިދިކޮޅުން ބުނެފައިވެއެވެ. 

މީގެ އިތުރުން އިދިކޮޅުން ބުނީ، އިޙުތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކުރާއިރު، އިޙުތިޖާޖުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުންވެސް ހައްޔަރު ކުރަމުން ގެންދާތަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ރޭގެ އިޙުތިޖާޖުންވެސް ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ހައްޔަރުކޮށްފައިވާއިރު ހައްޔަރު ކުރުމުގެ ތެރޭގައި ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ. 

"އެގޮތުން ޒުވާން ކަނބަލަކު ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތުން އެ ޒުވާނާ ހޭނެތިފައިވާއިރު، އެ ޒުވާނާގެ ސިއްޙި ހާލަތު ސީރިއަސްވެ މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު، މިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީވެސް އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ." އިދިކޮޅުން ބުނެފައިވެއެވެ.

މިއާއެކު އިދިކޮޅުން ވަނީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ، އެއްވެސް ކަމަކާއި ނުލާއި ރައްޔިތުން ހައްޔަރުކޮށް އަދި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުން ގެންދާއިރު، އެކަންކަން ބެލުމުގެ ޒިންމާ ޙަވާލުވެފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާތައް ގަދަ ނިދިން ހޭލާ އެ ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.