ރައީސް ޔާމިނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Mar 2023 | 12:57
ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމްގެ ލީޑަޝިޕުން އެދިފައެއް ނުވާނެ: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް އިދިކޮޅު އިއްތިހާދުން ރައީސް ޔާމިންގެ ލަފާފުޅަކަށް އެދިވަޑައިގެންފައި ނޯންނާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭނެ ހާލަތެއްގައި ސަރުކާރާއި ވާދަވެރި ކޯލިޝަނުން އަމަލުކުރާނެ ގޮތުގެ ލަފާފުޅަކަށް އެދި ރައީސް ޔާމިނަށް ފޮނުވި ނޯޓު އެމަނިކުފާނު ވީދާލެއްވިކަމަށް އޮންލައިން ނޫހެއްގައި އޮތް ޚަބަރު ދޮގުކުރައްވާ "ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

"އަޅުގަނޑުމެން މިހާތަނަށް އައިރު އިތުރު ކެންޑިޑޭޓަކާއި ބެހޭ އެއްވެސް ވާހަކައެއް ރައީސްއާއި ދައްކާފައެއް ނޯންނާނެ. ރައީސްއަށް އަޅުގަނޑުމެން ނޯޓު ފޮނުވަނީ ހަމައެކަނި އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ ހިންގުމާއި ގުޅޭ ކަންކަމުގައި ލަފާފުޅަކަށް އެދި. ތީ ކަނޑައެޅިގެން ދޮގު ވާހަކައެއް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އިއުލާނު ކުރެއްވުމާއި ގުޅިގެން، ޕީޕީއެމުން އެކަށީގެންވާ ގޮތެއްގައި ކެމްޕޭނު ނުކޮށްފިނަމަ އިންތިޚާބު ކާމިޔާބު ނުވެދާނެކަމުގެ ބިރު އޮތްކަމަށް އިދިކޮޅު އިއްތިހާދުގެ ބައެއް އިސްވެރިން ކަންބޮޑުވާކަމަށާއި، ރައީސް ޔާމީންގެ މައްސަލައިގެ ގޮތެއް ނިމެންދެން ވަގުތު ދުއްވާލުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ޕީޕީއެމްގެ ބައެއް ލީޑަރުން ދެކެވަޑައިގަންނަވާކަމަށް އޮންލައިން ނޫހެއްގައި ލިޔެފައި ވެއެވެ. 

އެހެން ނަމަވެސް އެފަދައިން ކަންބޮޑުވުން އޮތީ ކޮން ލީޑަރުންނެއްކަން އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ. 

އެކަމާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމާމެދު ދެބަސްވާ ނުވަތަ ޚިޔާލުތަފާތުވުން އޮތް އެއްވެސް ބޭފުޅަކު ޕީޕީއެމްގެ އެއްވެސް ގުނަވަނެއްގައި ނުތިއްބަވާ ކަމަށެވެ. 

ޤާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނުކުންނަވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ ރޭގައިކަމަށް ވުމުން، އިދިކޮޅުން އެފަދަ ނޯޓެއް ފޮނުވަން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

ރައީސް ޔާމީން މިވަގުތު ހުންނެވީ ނުހައްގު ބަންދެއްގައި ޖަލުގައި ކަމަށްވުމުން، އެމަނިކުފާނަށް ނޯޓު ފޮނުވަން ޖެހެނީ ގާނޫނީ ވަކީލުން މެދުވެރިކޮށްގެން ކަމަށާއި، ޤާސިމް ރިޔާސީ ރޭހަށް ނިކުންނާނެކަން އިއުލާނުކުރުމާމެދު މިވީ ވަގުތުގައި އެފަދަ ކަމެއް ކުރުމުގެ ޖާގަވެސް ނެތްކަން އަބްދުއްރަހީމް ހާމަކުރެއްވި އެވެ. 

"އެއްކަމަކަށް ނޯޓެއް މި ފޮނުވެނީ ވަކީލުން މެދުވެރިކޮށް. ޑރ ޖަމީލާ ނަމަވެސް ގުޅުއްވާލައްވާ އެއީ ހިނގިކަމެއްތޯ އައްސަވާ؟ ޔަގީން ދޮގެއް އެއީ. އަނެއްކޮޅުން ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވީ އިއްޔަގަ. އިއްޔެގަ ނިންމެވީމަ ކިހެނެއްތޯ އަޅުގަނޑުމެން ނޯޓު ފޮނުވާނީ ރައީސް ޔާމީން އަރިހަށް؟ ރައީސް ޔާމީން އެ ހުންނެވީ އަޅުގަނޑުމެން ބޭނުން ވަގުތަކު ބައްދަލުކޮށް ބޭނުން ވަގުތަކު ނޯޓު ފޮނުވޭނެ ހާލަތެއްގައެއް ނޫން ދެއްތޯ، އެހެންވީމަ ތީ ކަނޑައެޅިގެން ދޮގެއް. އިތުރު ކެންޑިޑޭޓަކާއި ބެހޭގޮތުން މަޝްވަރާއަކަށް އެދިއެއް ރައީސް ޔާމީނަކަށް ޕީޕީއެމްގެ ލީޑަޝިޕުން ނޯޓެއް ނުފޮނުވާ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެ ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރު ދޮގު ކުރައްވާފަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ވާދަކުރަން ނިންމާފައިވާ ގޮތް އެ ޕާޓީން އޮތީ އިއުލާނުކޮށްފައި ކަމަށާއި ރައީސް ޔާމީނާއި ނުލާ މިއަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވާނެ ކަމަށެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ދިޔަ ނަމަވެސް މިހާރު އެ މައްސަލަ ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށާއި، ކެމްޕޭނު ކުރެއްވުމަށް އެކަށީގެންވާ މުއްދަތެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.