އިދިކޮޅު ކޯލިޝަނުން ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
15 Mar 2023 | 17:59
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިދިކޮޅުގެ އިހުތިޖާޖެއް!

ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ނިންމާފައިވާކަން އިދިކޮޅު އިއްތިހާދުން އިއުލާނުކޮށްފި އެވެ. 

އެކަން އިއުލާނުކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގަ އެވެ. 

އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާފާފައިވާއިރު، އެ ކޮމެޓީގައި ޕާޓީގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއާގެ އިތުރުން މަޖިލީސް މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. 

މުޅި ރާއްޖޭގައި ބާއްވާ އެ އިހުތިޖާޖާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ 4:00 ގައި އިދިކޮޅުގެ އިހުތިޖާޖު ފަށާނެ ކަމަށެވެ.

އަދި އެއްވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން މާލެ ސަރަހައްދުގައި އެ ހަރަކާތް ކުރިއަށް ގެންދާނީ ރަސްފަންނުގައި ކަމަށާއި، ހަރަކާތް ކުރިއަށް ގެންދާނީ މާހެފުމަކާއިވެސް އެކުގައިކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

އިދިކޮޅު ހަރަކާތު ކޮމެޓީގެ ޗެއާ މުޙައްމަދު އިސްމާއިލް

"ހުރިހާ ރަށެއްގައިވެސް މި އިހުތިޖާޖު ކުރިއަށް ގެންދާގޮތަށް ޕާޓީގެ ލީޑަޝިޕުން ވަނީ ނިންމާފަ. ފުރަމާލޭގައި މި އިހުތިޖާޖު ކުރިއަށް ގެންދާނީ ރަސްފަންނުގައި، މާހެފުމަކާ އެއްކޮށް. މާލެ ވިލިމާލެ އަދި ހުޅުމާލޭގެ އެންމެހާ ރައްޔިތުން ރަސްފަންނަށް 4:00 އަސް ވަޑައިގެން ދެއްވުންއެދި ދައުވަތު އަރުވަމުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ހަމަ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި ޒުވާނުންގެ ރައީސްއާއި އަދި ސްޓިއަރިން ކޮމެޓީތަކުގެ ރައީސުންނާއި އެންމެން ގުޅިގެން ރަށުގައި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްދިނުމަކީ ޕާޓީގެ ލީޑަޝިޕުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް" 

އިދިކޮޅު ހަރަކާތު ކޮމެޓީގެ ޗެއާ މުޙައްމަދު އިސްމާއިލް

މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.

މި ޤައުމު މިހާރު އޮތް ހާލަތުން ނަގައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށް ވާތީ، އެމަނިކުފާނަށް އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު އަމަލީގޮތުން ބައިވެރިވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ މުހައްމަދު އިސްމާއިލްވަނީ ހުކުރު ދުވަހު އޮންނަ އިހުތިޖާޖުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. 

އިދިކޮޅުން ބުނީ އެ ހަރަކާތާއި ގުޅުންހުރި ކަންކަމުގައި ކުރިއަށް އޮތްތަނުގައި ޕާޓީ އޮފީހުން، ޕާޓީގެ އާންމު މެމްބަރުންނަށް ގުޅަމުން ގެންދާނެ ކަމަށެވެ.

އޭގެއިތުރުން ރަށްރަށުގައި އެ ހަރަކާތްތައް ކުރިއަށް ގެންދަންވީ ގޮތުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ދާއިރާ ރައީސުންނާއި ނައިބު ރައީސުންނާއި ސްޓިއަރިން ކޮމެޓީގެ މެމްބަރުންނާއި ގުޅިގެން ހަރަކާތްތެރިވާނެ ކަމަށާއި، އެ ފަރާތްތަކަށް ވެސް ލީޑަޝިޕްގެ ފަރާތުން މައުލޫމާތުތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.