މެމްބަރު ސަނީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Mar 2023 | 06:05
ރާއްޖޭގައި މާލެނޫން ތަނެއް އޮތްކަން އެނގުނު ވެރިއަކީ ހަމައެކަނި ރައީސް ޞާލިހު: ސަނީފު

ދިވެހިރާއްޖޭގައި މާލެ ނޫން ތަނެއްވެސް އޮތްކަން އެނގިވަޑައިގެން މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ވެރިއަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވެއްޖެ އެވެ.

މެމްބަރު ސަނީފު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ސަރަޙައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަޙައްދީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މަސައްކަތް ހަލުވިކުރުމަށް އެދި ގޮވާލާ ޤަރާރަށް ބަހުސްކުރައްވަމުން ނެވެ. 

އެގޮތުން މެމްބަރު ސަނީފު ވިދާޅުވީ މިފަދަ ބަނދަރުތައް ތަރައްގީކުރުމަށް ޒަމާނުއްސުރެ އެކި ފަހަރުމަތިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ފުރުޞަތުތައް ލިބިވަޑައިގެންނެވި ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް އައި ހުރިހާ ސަރުކާރެއްގައި ވެސް ބެލީ މާލެ ސަރަހައްދު ތަރައްގީ ކުރުމަށްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުރަމާލެ ނޫން އެހެން ތަނެއް ރާއްޖޭގައި އޮންނަކަން އެނގިވަޑައިގެން، އެހެން ސަރަހައްދުތައް ވެސް މާލެއެކޭ އެއްގޮތަށް ތަރައްގީ ކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ރައީސް އަކީ ރައީސް ޞާލިހު ކަމަށެވެ. 

"ކޮންމެ ކަމެއް އައިސް ލައިޖެހެން ޖެހެނީ އެއް ތަނަކަށްތޯ؟ މާލޭގެ ކެޕިޓަލްއަށްތޯ ހުރިހާކަމެއް އައިއްސަ ޖަމާވާން ޖެހެނީ؟ މި ނޫން ނިޒާމެއް ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާ ބޭފުޅަކަށް ނޭނގޭތޯ؟ ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިފަދަ ވެރިއެއްގެ ގޮތިގައި، މާލެ ނޫން އެހެން ސަރަހައްދުތަކަކީ އޮތްތަނެއް ކަމުގައި އެނގުނު ވެރިއަކަށް އައީ އިބްރާހިމް މުޙައްމަދު ޞާލިހު. އެ ނޫން ވެރިއަކު ދިވެހިރާއްޖޭގެ ތާރީހުގައި ހުފެނޭ ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ޖެހޭކަން ދަނެގެން ބަނދަރުތަކާއި ނަރުދަމާތަކާއި އެހެން ކަންކަން އިންތިޒާމު ކުރަމުން ދިޔަ ވެރިއަކު ނުފެނޭ"

މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު

ސަނީފު ވިދާޅުވީ ރަށްތައް ތަފާތު ކުރުމެއްނެތި ތަރައްގީ ކުރާ ސިޔާސަތަކަށް ސަރުކާރުގެ ވާދަވެރިން ފާޑުކިޔަމުންދާ ކަމަށެވެ. އަދި އެ ސިޔާސަތު ގޯސް ކުރަމުންދާ ކަމަށެވެ. 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވާދަވެރިންނާއި ހަސަދަވެރިން ވެސް ގޮވައިގެން ކަމަށާއި، އެފަދަ ބޮޑެތި ގޮންޖެހުންތަކާއެކު ހަމަހަމަ ކަމާއެކު ރަށްތައް ތަރައްގީކުރެއްވި ވެރިއަކު ތާރީހުގައި ވެސް ފެނިފައި ނުވާކަމަށް ސަނީފު ވިދާޅުވި އެވެ. އަދި ސަނީފު ވަނީ ރައީސް ޞާލިހުގެ އެ ސިޔާސަތަށް ވަރަށް ބޮޑަށް ހުޝާމަދު ކުރައްވާފަ އެވެ. 

ކޮމެންޓް
ނިއުރޯ ސާޖަން
ރައީސް ޔާމިން އެންމެ ހަމަހަމަ ކޮއް ފލެޓްތައް ދިނީމަ އިބޫ ދޯ ދަންނަ މީހެއްކަމަށް މިވީ. ހަމަގެއްލި ޚުޝަމަދަށް ނުކުމެ ހުރި މީހެއް ކލޭތީ
16 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް