އެކްސިޑެންޓުގެ ސަބަބުން މަގު ބްލޮކްވެފައި/ ފޮޓޯ:ވޮއިސް
ހަބަރު
15 Mar 2023 | 21:36
ފުލުހުން އަތުލައިގަތުމަށް މަސައްކަތް ކުރި ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ފުލުހުން އަތުލައިގަތުމަށް މަސައްކަތްކުރި ސައިކަލެއް އެކްސިޑެންޓް ވެއްޖެއެވެ. 

މި ހާދިސާ ހިނގާފައިވަނީ މާލެ ހުޅުމާލެ ހައިވޭ މަތީގައެވެ. އަދި އެކްސިޑެންޓް ހިނގުމުގެ ސަބަބުން ހައިވޭގެ މަތިން ބޮޑު ބައެއް ވަނީ ބްލޮކްވެފައި ކަމަށް މައުލޫމާތު ލިބުފައިވެއެވެ. 

މި ހާދިސާ އާއި ބެހޭ މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ފުލުހުންގެ ކާރެއްގެ ފަހަތުން ދުއްވާފައި އައި ސައިކަލެއް ފުލުހުންގެ ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ. އަދި ޕޮލިސް ކާރުގައި ޖެހި އެކްސިޑެންޓު ވުމުން މަޑުކުރަން އެންގުމުވެސް ސައިކަލު މަޑު ނުކޮށް ގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ.

ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދުއްވާފައި ދަނިކޮށް ސައިކަލު ވަނީ ފުލުހުންގެ ކާރެއްގަޔާއި އެމްޓީސީސީ ބަހެއްގައި ޖެހިފައިކަމަށެވެ. 

ހާދިސާ ހިނގާފައިވަނީ މިރޭ 18:31 ހާއިރުއެވެ. 

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފުލުހުންގެ ކާރަށާއި އެމްޓީސީސީ ބަހަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގެ ތަހްޤީޤު މިހާރު ފުލުހުން ކުރަމުންގެންދާ ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.


ތަފްސީލް އަންނަނީ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.