ޕެޝަން ފުރުޓް ޓްރެސްލެޗެސް --
ލައިފްސްޓައިލް
17 Mar 2023 | 07:03
މިއަދު ޕެޝަން ފުރުޓް ޓްރެސްލެޗެސް ތައްޔާރުކޮށްލަން ކިހިނެއް ވާނެ؟

ޓްރެސް ލެޗެސް ކޭކުގެ އެކި ފްލޭވާސް ތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. ކޮންމެ ފްލޭވާރ އަކުންވެސް ތަފާތު މީރު ރަހައެއް ލައެވެ. ޔަގީނުން ވެސް ނުކައި ނުހުރެވޭނެ އެވެ. އެހެންކަމުން، މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި އެ ކޭކު ތައްޔާރު ކޮށްލާނެ ގޮތެވެ. 

ކޭކަށް ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް

 ½ ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ސައިސަމުސާ ލޮނު

1/3 ޖޯޑު ފުލް ކްރީމް ކިރު

2 ބިސް

½ ޖޯޑު ހަކުރު

½ ޖޯޑު ތެޔޮ

1 ސައި ސަމުސަ ވެނިލާ އެސެންސް 

ކޭކަށް އަޅާ ސިރަޕް ތައްޔާރުކުރަން ބޭނުންވާ ތަކެތި:

1 ޖޯޑު ފުލް ކްރީމް މިލްކް

½ ޖޯޑު ގެރިކިރު

½ ޖޯޑު އިވެޕޮރޭޓަޑް ކިރު

1/2 ޖޯޑު ހެވީ ކްރީމް

3 ޕެޝަން ފުރުޓް 

ޓޮޕިންގްއަށް ބޭނުންވާ ތަކެތި:

1 ޖޯޑު ވިޕިންގް ކްރީމް

½ މޭޒުމަތީ ސަމުސާ ހަކުރު

2 ޕެޝަން ފުރުޓް 

ތައްޔާރު ކުރާނެ ގޮތް:

1) ކޭކު ފިހާ ޓެރޭއެއްގައި ރަނގަޅަށް ތެޔޮ އުނގުޅާލާށެވެ. އަރި މަތީގައިވެސް އުނގުޅަންވާނެއެވެ. ދެން އުނގުޅާފައި ހުރި ތެޔޮތަކުގެ މައްޗަށް މޭޒުމަތީ ސަމުސަލެއްހާ ފުށް ބުރުއްސާލާށެވެ. އެ ފުށްކޮޅުވެސް ތުނި ލޭޔަރ އެއް ހެދޭގޮތަށް ޓްރޭގައި އުނގުޅާލާށެވެ. ތަބަކުގެ ތެރޭގައި ފުށް ގިނަ ވެފައި ހުރިނަމަ އެކޮޅު ކޮޅުން ބާއްވާފައި ދެތިން ފަހަރަކު ފުލުގައި ޖަހާލީމާ ގިނަވާ ފުށްތައް ދާނެއެވެ.

2) ހެންޑް މިކްސަރ އެއް ނުވަތަ އާދައިގެ މިކްސަރެއް ބޭނުން ކޮށްގެން ބިހާއި ހަކުރާއި ތެޔޮ އެއްކުރާށެވެ. އެއްކުރާނީ ރަނގަޅަށް އެއްވެ، ކުލަ ކޮންމެވެސް ވަރަކަށް އަލިވެ، އޮލަކަމެއް އެއަށް އަންނަން ދެނެވެ. ދެން އެ މިކްސްޗަރ ވަކި ބޯ ތަށްޓެއްގެ ތެރެއަށް އަޅާލާށެވެ. 

3) އެއަށްފަހު ފުށާއި، ބޭކިންގް ޕައުޑަރާއި ލޮނު ވަކި ބޯތަށްޓެއްގެ ތެރެއަށް ފުރާނާލާށެވެ. 

4) ދެން ބިސް މިކްސްޗަރ ގެ ތެރެއަށް ފުށް މިކްސްޗަރ އިން ގާތްގަޑަކަށް 4 ވަރަކަށް މޭޒުމަތީ ސަމްސާ އެޅުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ.

5) އެއަށްފަހު ފުލް ކްރީމް މިލްކް ޕެކެޓުން 2 މޭޒުމަތީ ސަމުސާ ވަރުގެ އެތިކޮޅެއް ބިސް މިކްސްޗަރ ތެރެއަށް އަޅާލާފައި އަނެއްކާވެސް މަޑުމަޑުން އެއްކޮށްލާށެވެ.

6) ފުށް މިކްސްޗަރ އާއި ކިރު ހުސްވަންދެން ސްޓެޕް (4) އަދި (5) ގައި ބުނެފައިވާ ފަދައިން ތަކުރާރު ކުރަމުންދާށެވެ. ދެން ވެނީލާ އެސެންސް ފޮދު އަޅާފާައި ރަނގަޅަށް އެކުލަވާލާށެވެ.

7) ރަނގަޅަށް އެއްވުމުން ޓްރޭ ގެ ތެރެއަށް އެ އަޅާލުމަށްފަހު، ޕްރީ ހީޓް (180 ޑިގްރީއަށް 10 މިނެޓް ވަންދެން ޕްރީ ހީޓް ކުރަން ވާނެ) ކުރެވިފައިވާ އަވަނެއްގައި 180 ޑިގްރީގައި ގާތްގަނޑަކަށް 30 މިނެޓް ވަންދެން ފިހެލާށެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައި މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްވެސް އެއްޗެއް ހަރުނުލާ ހުންނާނެ ވަރަށެވެ.

8) ކޭކު ފިހެވެމުންދާއިރު ކޭކު ތެރެއަށް އަޅާ ސިރަޕް ތައްޔާރުކުރާނީއެވެ. ސިރަޕް ތައްޔާރު ކުރަން އެންމެ ފުރަތަމަ ކުޑަ ކިރު ފޮދަކާއި އެކު ޕެޝަން ފުރުޓް، މިކްސަރަކުން ރަނގަޅަށް މުގުރާލާށެވެ. ދެން އިތުރު ކިރު ފޮދެއް އަޅާލުމަށްފަހު އަނެއްކާވެސް މިކްސަރުން އެކަލަވާލާށެވެ. އެއަަށްފަހު އެ ތަކެތި ބޯތަށްޓަކަށް އެޅުމަށްފަހު ބާކީ ހުރި ކިރާއި، ދެންވެސް ސިރަޕް ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

9) ކޭކު ފިހެވި އެއްކޮށް ހިހޫ ވުމުން އުލެއް ބޭނުން ކޮށްގެން ކޭކުގެ މަތީގައި ލޯވަޅުތަކެއް އަޅާށެވެ.

10) ދެން ކޭކު ފޯކުރަން ހެދި ސިރަޕް ލޯވަޅު އެޅި ކޭކުގެ މައްޗަށް މަޑު މަޑުން އަޅާށެވެ. އެތިކޮޅަކުން އަޅާއިރު ރަނގަޅަށް ސިރަޕް ކޭކު ތެރެއަށް ވަންނަންދެން ކޮންމެ ފަހަރަކުވެސް އިރުކޮޅަކު މަޑުކޮށްލަންވާނެ އެވެ. 

11) ކޮންމެސް އެއްޗެއް ބޭނުން ކޮށްގެން ކޭކުގެ މަތި ޖަހާށެވެ. ދެން ފްރިޖްގައި މަދުވެގެން ދޮޅު ގަޑިއިރެއް ހާއިރު ބަހައްޓާށެވެ.

12) ކޭކު އައިސް އަލަމާރިން ނަގަން ކައިރިވީމައި، ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރާށެވެ. ވިޕްޑް ކްރީމް ޓޮޕިންގް ތައްޔާރު ކުރަން ހެންޑް މިކްސަރަކުން ހަކުރާއި ވިޕިން ކްރީމް ރަނގަޅަށް ވިޕް ކޮށްލާށެވެ. ރަނގަޅަށް ގިރުނީމައި މިކްސަރުގެ ގިރާއެތީގައި ހަރުލާފައި ހުންނަ ކްރީމްތައް ހުންނާނީ ދޯރި ބައްޓަމަށެވެ.

13) ދެން ކޭކުގެ މަތީގައި ވިޕްޑް ކްރީމް ފަތުރާލުމަށްފަހު އޭގެ ޕެޝަން ފުރުޓްގެ އޮއްތައް އޭގެ ދިޔަ ފޮދާއި ވެސް އެކު އާޅާލާފައި، ކޭކު ފަޅައިގެން ކާންވީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.