އަމީނީ މަގުގައި ފެން ބޮޑުވެފައި/ ފޮޓޯ: ވޮއިސް
ހަބަރު
17 Mar 2023 | 11:26
އަމީނީ މަގުގެ ފެން ހިންދާ ނިޒާމު ވަނީ އަޕްގްރޭޑް ކުރެވިފަ: އާރުޑީސީ

ރޯޑް ޑިވެލޮޕް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްގެން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުންދާ އަމީނީ މަގުގެ ފެން ހިންދާ ނިޒާމު ވަނީ އަޕްގްރޭޑް ކުރެވިފައިކަމަށް އެ ކުންފުނިން ބުނެފި އެވެ. 

1.7 ކިލޯ މީޓަރު ތާރު އަޅައިގެން 84 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އަޅާ އާންމުންނަށް ހުޅުވާލާފައިވާއިރު މިފަހުން މާލެއަށް ކުރި ވިއްސާރައިގައި އެމަގުގައި ފެންބޮޑުވުމާއި ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ. 

އެކަމާ ގުޅޭގޮތުން އާރުޑީސީން ބުނީ ވާރޭ ވެހޭއިރު އަމީނީ މަގުގައި ފެންބޮޑުވި ނަމަވެސް ވާރޭ ހުއްޓާލާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަގުން ފެން ހިނދިގެން ދާނެ ކަމަށެވެ. 

އާރުޑީސީން ތަރައްގީކުރާ އަމީނީ މަގުގައި ފެންހިންދާ ނިޒާމު ވަނީ އަޕްގްރޭޑް ކުރެވިފައި ކަމަށާއި، މުޅި މަގު ނިމޭއިރު ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

"މެދު ނުކެނޑި ބޯކޮށް ވާރޭ ވެހޭ ދުވަހެއްގައި، ވާރޭ ހުއްޓާލާތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަމީނީމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގެ ފެންގަނޑު އެއްކޮށް ހިކިގެންދާނެ. ފެންހިންދާ ނިޒާމު އަޕްގްރޭޑްކޮށް މުޅި މަގުގެ މަސައްކަތް ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ"

އާރުޑީސީ 

ޕްލޭނިން މިނިސްޓްރީ މެދުވެރިވެގެން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 10 މަސްތެރޭ މަގުގެ މަސައްކަތް ނިންމުމަށެވެ. 

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދާ ސްޕީޑަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މިހާރު އޮތް އެއްބަސްވުމާއި އެއްގޮތަށް އެ މަސައްކަތް ނުނިންމޭނެތީ ޕްލޭނިން މިނިސްޓްރީން ވަނީ އާރުޑީސީއަށް މުއްދަތު ވެސް އިތުރުކޮށްދީފަ އެވެ. 

އެންމެ ފަހުން މާލޭގައި ހެދި އަމީނީ މަނުގެ ފުރަތަމަ ސެގްމަންޓުގައި ފެންބޮޑުވުމާއި ގުޅިގެން އާންމުން ފާޑުކިޔަން ފަށާފައިވާއިރު، މަގުގައި ގާ އަތުރަމުންދާތީ ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އާރުޑީސީއަށް އަމާޒުވެފަ އެވެ. 

ކޮމެންޓް
އަލީ
އަމީނީމަގުގެ %5 ވެސް ނުނިމޭކަން އެއޮތީ ފެންނަން، ދެންކިހިނެއް ފެންހިންދާ ނިޒާމު އަޕަހްރޭޑް ކުރިވާހަކައެއްބާ މިދައްކަނީ. އޮޅުވާލުމެއްގެ ތެރެއިން ލާރި ކެއުން ނޫން ކަމެއް މިމީހުން ނުކުރޭ.
17 Mar 2023
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.