17 Mar 2023 | 13:08
އެޗްޑީސީއާއި އެންޑޯ މޯލްޑިވްސް ގުޅިގެން "އެންޑޯމާޗް ޑޭ" ފާހަގަކުރަނީ

މި އަހަރުގެ އެންޑޯމާޗް ޑޭ ފާހަގަކުރުމުގެ ގޮތުން އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ. 

އެޗްޑީސީން ބުނީ ގައިންގަޔަށް ނާރާ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެޗްޑީސީގެ މި އަހަރުގެ އަމާޒުތައް ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

އެގޮތުން މާދަމާ ފާހަގަ ކުރާ ބައިނަލްއަގުވާމީ އެންޑޯމާޗް ޑޭ އާއި ގުޅިގެން މާދަން ހަވީރު ޚާއްސަ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މި ހިނގާލުން ފެށޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުން ކަމަށް އެޗްޑީސީން ބުނެއެވެ.

ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޗްޑީސީން ވަނީ އެދިފައެވެ. 

އެޗްޑީސީން ބުނީ، އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެ ކުންފުނިން ގުޅިގެން މިފަދަ ހަރަކާތެއް ރާވާ އިންތިޒާމުކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. ރާއްޖޭގައި ވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތިބި އިރު، އަދިވެސް މި ބައްޔާ މެދު އާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި، މި ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވާއިރު އެކަމާއި މިފަދަ ބަލި ބައްޔާ މެދު ހޭލުންތެރިވެ މި ބަލި ތަހައްމަލުކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރިވެދިނުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ. 

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމެޓްރިއޯސިސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހެވެ. މި ދުވަހު މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ބާއްވައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ތަހައްމަލުކުރަމުންދާ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަން ނިންމި މިއީ ފުރަތަަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.