ރޭގެ މުޒާހަރާގެ ތެރެއިން އަވަސް ނޫހުގެ ނޫސްވެރިޔާ ހައްޔަރު ކުރަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
17 Mar 2023 | 14:41
ނޫސްވެރިކަމުގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް މި އަހަރުތެރޭގައި އިންތިހާއަށް އިތުރުވެއްޖެ: އެމްޖޭއޭ

ނޫސްވެރިކަމުގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް މި އަހަރުތެރޭގައި އިންތިހާއަށް އިތުރުވެގެންގޮސްފައިވާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް މާލޭގެ މަގުމަތީގައި ކުރިއަށް ގެންދާ މުޒާހަރާ ކަވަރު ކުރަމުންދިޔަ "އަވަސް" ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ހުސައިން ޖުމާން، ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނޫސްވެރިއެއް ކަން އަންގައިދޭ ކާޑުވެސް އަޅައިގެން ހުރި އެ ނޫސްވެރިޔާ ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އޭނާގެ މޭމަތީގައި އަތް އަޅައި ކޮށްޕާވެސް ލާފައިވާ ކަމަށް އޭނާ އާއި ހަވާލާދީ އިދިކޮޅުން ވަނީ ބުނެފައެވެ. 

މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ކުރިމަތިވާ ހުރަސް ތަކާއި އަނިޔާ އާއި މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ފަހަކަށް އައިސް މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި އަނިޔާ ކުރުން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާ އިން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. 

މިއާއެކު އެމްޖޭއޭ އިން ވަނީ، މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހި ސަރުކާރަށް ގޮވާލާފައެވެ. 

"މި އަހަރުތެރޭގައި ނޫސްވެރިކަމުގެ ހައްގަށް އަރައިގަންނަ މައްސަލަތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމީ މި ޖަމިއްޔާ އިން އިންތިހާއަށް ކަންބޮޑުވާ ކަމެއް. މި އަހަރު ތޭރޭގައި އެފަދަ 8 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައި" އެމްޖޭއޭ އިން ބުނެފައި ވެއެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ ގަދައަށް ވަކާލާތުކުރި ކަމަށް ވާއިރު، ވެރިކަމަށް އައުމަށްފަހު ނޫސްވެރިންނަށް އެ މިނިވަންކަން ހޯދައި ނުދީ، ނޫސްވެރިންގެ ހައްގުތައް ހަނި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ ތަކުންނާއި ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޚާއްސަކޮށް، ދާދިފަހުން ޗެނަލް 13 ގެ ނޫސްވެރިއަކަށް މުޒާހަރާ ތެރެއިން ސީރިއަސް އަނިޔާތަކެއްވެ، އެމެންޖެންސީ ގައި މާލޭގައި ފަރުވާ ދިނުމަށްފަހު ލަންކާއިންވެސް ފަރުވާ ހޯދަން ޖެހިފައިވާއިރު، އެނޫންވެސް ޗެނަލް 13 ގެ ނޫސްވެރިން ވަނީ ހައްޔަރު ކުރުމަށްފަހު ބަންދުގައި ބަހައްޓާފައެވެ. އެފަދަ މައްސަލަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.