ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ވޮއިސް
ހަބަރު
18 Mar 2023 | 11:24
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާމެދު އެހެން ޕާޓީތަކުން ސުވާލު އުފައްދާނެކަމެއް ނެތް: އަބްދުއްރަހީމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނެތްކަމަށް މިވަގުތު އިދިކޮޅު އިއްތިހާދު ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ ނޫން ގޮތަކަށް އެކަން އޮތްކަމަށް ބުނެ، ރިޔާސީ ކެންޑިޑޭޓާއި މެދު ސުވާލު އުފައްދަން އެހެން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ. 

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު. އެ ބަދަލެއް ނުކުރެވޭނެ. އެ ބަދަލުކުރާ ވާހަކަ ދެއްކިޔަސް އެ އަޑުއަހާނެ މީހަކު ނެތް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެންނަން އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރަނީ ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށް ކަމަށެވެ. 

ދިވެހި ރައްޔިތުން މި ޤައުމާއި ދޭތެރޭގައި ދެކެމުންދާ ހުވަފެންތަކެއް ހުރިކަމަށާއި، އެ ހުވަފެންތައް ހަޤީގަތަށް ހަދާދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، އެމަނިކުފާނު ވެރިކަމަށް އަނބުރާ ގެނައުމަށް ރައްޔިތުން މަސައްކަތް ކުރަނީ އެ ސަބަބާހުރެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ނުހައްޤު ހުކުމެއް މިވަގުތު ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް އެއީ ވަގުތީކަމެއް ކަމަށާއި، ދާދި އަވަހަށް އެމަނިކުފާނު އެ ހުކުމުން ސަލާމަތްވެ އިދިކޮޅުގެ ގައުމީ މަސައްކަތާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށާއި، ރައީސް ޔާމިން ރިޔާސީ ރޭހުގައި ވާދަނުކުރައްވާނެކަމަށް އެހެން ސިޔާސީ ޕާޓީތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެއްވެސް ސަޕޯޓަރަކު މާޔޫސް ނުވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.