ބެންގަލޫރު މައިސޫރް ގުޅުވައިދޭ އެކްސްޕްރެސްވޭ ގައި ފެންބޮޑުވެފައި
ހަބަރު
18 Mar 2023 | 21:35
އިންޑިޔާގެ އެކްސްޕްރެސް ވޭ އެއް ހުޅުވިތާ ހަފްތާއެއް ނުވަނީސް ހަލާކުވެއްޖެ

އިންޑިޔާގެ ބެންގަލޫރާއި މައިސޫރް އާއި ދެމެދު ގުޅުވައިދޭ އެކްސްޕްރެސްވޭ ހުޅުވިތާ ހަފްތާއެއް ނުވަނިސް ހަލާކުވެއްޖެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ މާރޗް 12 ވަނަ ދުވަހު ހުޅުވައިދިން މި މަގު ހަލާކުވެ ގެއްލުންތަކެއް ލިބިފައިވަނީ ވާރޭވެހުމުގެ ސަބަބުންނެވެ.

ބެންގަލޫރާއި މައިސޫރް ގުޅުވައިދޭ މި މަގު، ވާރޭވެހުމުގެ ސަބަބުން ފެންނުހިނދި، ވެހިކަލްތަކަށް ކުރިއަށް ދުއްވެން ނެތުގެން މަގުމަތީގައި ޓްރެފިކް ވަނީ ބޮޑުވެފައެވެ.

"މަގުހެދުމުގައި ފެންހިނދުމަށް ޖާގަ ދޫކޮށްފައިވާނެ، ނަމަވެސް އެ އަވަށުގެ ބައެއްމީހުން ޗަކަވެލި އަޅައި އެތަން ބައްދާލައިފައިއޮތީ، އެހެންވެ ފެންބޮޑުމިވީ، އަހަރެމެން މިހާރު މިދަނީ އެތަން ސާފުކުރަމުން، ސާފު ކުރެވުނީމަ އެތަނުން ފެންހިނދި މަގު ހުޅުވާލެވެނޭ، އޭރުން ވެހިކަލްތަކަށް ދެވޭނީ" އިންޑިޔާގެ ނޭޝަނަލް ހައިވޭ އޮތޯރިޓީގެ ޕްރޮޖެކްޓް ޑިރެކްޓަރ ބީޓީ ސިރްދާރް އިންޑިއަން އެކްސްޕްރެސް އަށް ބުނެފައިވެއެވެ.

މި ސަރަހައްދަކީ މިދިޔަ އޮގަސްޓު މަހުވެސް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވި ސަރަހައްދެކެވެ. އިންޑިޔާގެ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭ ނިތިން ގަޑްކާރީ ބުނެފައިވަނީ މިކަންތައް ތަކުރާރު ވިޔަނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށާއި، ޓެކްނިކަލް ޓީމަކުން ރޯޑް ސޭފްޓީ އޮޑިޓެއް މިހާރު ކުރަމުންދާކަމަށެވެ.

މިހާ ކުރުމުއްދަތެއްގެ ތެރޭގައި އެ މަގު ހަލާކުވުމުން އިދިކޮޅު ފަރާތްތަކުން ދަނީ ވެރިކަން ކުރާ ބީޖޭޕީ އަށާއި މޯދީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އަދި މިކަމާއި ގުޅިގެން ބީޖޭޕީގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވެފައިވާ މިންވަރާއި މެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.