އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ މީހަކަށް އަނިޔާކުރަނީ
ހަބަރު
18 Mar 2023 | 21:43
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ މީހަކު ޝަހީދުވިފަހުން ހަށިގަނޑަށް ބަޑިޖަހައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ މީހަކު ޝަހީދުވިފަހުން އޭނާ ގެ ހަށިގަނޑަށް ބަޑިޖަހައިފިއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ ސިފައިން، 23 އަހަރުގެ ޔަޒާން ޢޮމަރް ޖަމީލް ކާޝިބްގެ ގަޔަށް އިޒްރާއިލް ސިފައިން ބަޑިޖަހައިފައިވަނީ އޭނާ އެމީހުންނަށް ވަޅިއަކުން ހަމަލާދިން ކަމަށްބުނެއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ޔަޒާން ގެ ގަޔަށް އިޒްރާއިލް ސިފައިން ބަޑިޖަހައިފައިވަނީ އަލް ބިއްރާ ޕްރޮވިންސްއަށް ވަންނަން އޮންނަ މަގުގެ އުތުރުގައި އިޒްރާއިލް ސިފައިން ދިން ބަޑިގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ޝަހީދުވިފަހުންވެސް އޭނާގެ ހަށިގަނޑަށް އިޒްރާއިލް ސިފައިން ބަޑި ހަޖައިފައިވެއެވެ.

އިޒްރާލްގެ ސިފައިން ބުނެފައިވަނީ އެމީހުންނަށް ޝައްކުކުރެވޭ މީހަކު ފެނި ސުވާލުކުރުމަށް ހުއްޓުވުމުން އޭނާ އެމީހުންނަށް ވަޅިން ހަމަލާދިން ކަމަށެވެ. ނަމަވެސް އިޒްރާއިލްގެ އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މިއަހަރު ފެށުނުފަހުން އިޒްރާއިލުން މިހަތަނަށް ފަލަސްޠީނުގެ 84 މީހަކު ޝަހީދުކޮށްލައިފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް އިޒްރާއިލް ސިފައިންވަނީ، ހުޅަނގު އައްސޭރީގެ ޖެނީންގައި  ފަލަސްޠީނުގެ 4 މީހަކު ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ފުރާވަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އޭގެ ހަފްތާއެއްހާ ދުވަސްކުރިން ޖެނީންގައި ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ 3 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ފަހުން 48 ގަޑިއިރު ނުވަނިސް ޖެނީންގެ ހަމަ އެހެން ސަރަހައްދެއްގައި 6 މީހަކު ވަނީ ޝަހީދުކޮށްލައިފައިވެއެވެ.

 މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިޒްރާއިލުން ވަނީ ފަލަސްޠީނުގެ ނުވަ މީހަކު ޝަހީދުކޮށްލައިފައެވެ. ޖެނީން ރެފިޔުޖީ ކޭމްޕްގައި ހިންގި ހަރުކަށި އަދި އަނިޔާވެރި ރެއިޑެއްގައި ތެރޭގައި އުމުރުންދުވަސްވީ އަންހެނަކުވެސް ޝަހީދުކޮށްލައިފައިވެއެވެ.

ހުކުރުދުވަހު ޝަހީދުވި 23 އަހަރުގެ ޒުވާނާގެ މަރާއި އެކު އިޒްރާއިލުގެ ޓެރަރިސްޓުން ފަލަސްޠީނުގައި ހިންގި އެންމެ  އަނިޔާވެރި ލޭއޮހޮރުވުންތައް ހިންގި އަހަރަށް މި އަހަރު ވެގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.