ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ އޮފިސަރުންނަށް ހުވާލއިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ފުލުހުންގެ ޚިދުމަތް
ހަބަރު
21 Mar 2023 | 06:40
ފުލުހަށް ވަންވައިރު ޕޮލިގްރަފީ ޓެސްޓު އިޚްތިޔާރީ ކަމަކަށް ހެދުމަށް ހުށައެޅި އިސްލާހު ފާސްކޮށްފި

ފުލުހުންގެ ޚިދުމަތަށް މީހުން ވަޒީފާއަށް ނެގުމުގެ ކުރިން އެމީހެއްގެ މުޅި ބެކްރައުންޑް ޗެކްކުރުމުގެ ބަދަލުގައި ޕޮލިގްރަފީ ހެދުން އިޚްތިޔާރީކަމަކަށް ހެދުމަށް ފުލުހުންގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތަށް ވަޒީފާއަށް މީހުން ވެއްދުމުގެ ކުރިން ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މިބިލުގެ މަސައްކަތް ކޮމެޓީން ކުރިއިރު މަޖިލީހުގެ ބައެއް މެމްބަރުންނާއި، އާންމު ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ވަނީ ފުލުހުންނާއި، ބަންޑާރަ ނައިބް އޮފީހާވެސް ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

ކޮމެޓީން ފުލުހުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ އިދާރާއަށް ނަގާ ކޮންމެ މީހެއްގެ ޕޮލިފްރަފީ ޓެސްޓެއް ހެދުން ލާޒިމްވާގޮތަށް މިހާރުގެ ޤާނޫނުގައި އޮތުމުން އެކަމަށް ހިނގާ ޚަރަދާއި ވަގުތުވެސް ވަރަށްބޮޑަށް އިތުރުކަމަށެެވެ.

ފުލުހުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބަންޑާރަ ނައިބް އޮފީހުން ވަނީ މިކަމަށް ހައްލު ލިބޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ގާނޫނުގައި މިހާރު އޮތް ޕޮލިގްރާފް ހެދުން އުނިކޮށްފައެވެ.

މީގެ އިތުރުން ތަހުގީގީ ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ތައުލީމް ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ޤާނޫނުން ދީފައިވާ މުއްދަތު އިތުރުކުރުމަށް ހުށަހެޅި އިސްލާހުވެސް މިއަދު ވަނީ ފާސްކޮށްފައެވެ.

މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް، ބަދަލުވުމަށްފަހު އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެންވުނު ބަދަލެވެ. ފުލުހުންގެ އާ ޤާނޫނުގައި ފުލުހުންގެ ތައުލީމީ ފެންވަރާއި، ޖަވާބުދާރީ ކުރެވޭނެ ގޮތާއި، ޒިންމާދާރު ކުރެވޭނެ ގިނަ ކަންކަން ވަނީ ހިމަނާފައެވެ.  

ރައްޔިތުންގެ މަޖިލީހުގެ ސަލާމީ ޚިދުމަތްތަކައި ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމި ރިޕޯޓަށް މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި ބިލު ފާސްކުރުމަށް 43 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.