ރައީސް ޞާލިހުގެ މޮޓޯކޭޓަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅަނީ/ ފޮޓޯ: ވޮއިސް
ހަބަރު
20 Mar 2023 | 23:43
ރައީސް ޞާލިހުގެ މޮޓޯކޭޓަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅައިފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ މޮޓޯކޭޓަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅައިފި އެވެ. 

އިދިކޮޅު އިއްތިހާދުން މިރޭވެސް ދަނީ ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ފުރަމާލޭގައި އަޑުއުފުލާފައެވެ.  

ރައީސް ޞާލިހުގެ މޮޓޯކޭޓަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާފައިވަނީ ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުަށް ފަހު އަނބުރާ ވަޑައިގެންނެވި މަގުމަތީގައެވެ. 

އިދިކޮޅު މުޒާހަރާގެ ބައިވެރިންވަނީ ރައީސް ޞާލިހުގެ ކާރުކޮޅު ކުރިމައްޗަށް އަރާ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފަ އެވެ.

އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުރީ "ހަރާން" ހުކުމެއް ކަމަށާއި، އެ ހުކުމް ކުރީ ރައީސް ޞާލިހު އަޑީގައި ހުންނަވާ ނުފޫޒު ފޯރުވައިގެންކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. ތަކުރާރުކޮށް ރައީސް ޔާމީން ދޫކޮށްލުމަށް ބައިވެރިން ގޮވާލާފައި ވެއެވެ. 

މޮޓޯކޭޓަށް ހުރަސްއެޅުމާއި ގުޅިގެން މުޒާހަރާއިން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅުގެ ހަރަކާތު ކޮމެޓީގެ ޗެއާ މުޙައްމަދު އިސްމާއިލް ވަނީ "ވޮއިސް" އަށް ވިދާޅުވެފައެވެ. އޭގެ އިތުރުން މިރޭގެ މުޒާހަރާއިން އެމީހުންނާއެކު ޖުމްލަ 16 މީހުން ހައްޔަރުކޮށްފައިވާކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ރައީސް ޞާލިހުގެ ކާރުކޮޅު ކުރިމައްޗަށް އަރާ އަޑުއުފުލާފައިވަނީ އެމަނިކުފާނުގެ ސެކިއުރިޓީންގެ ހާޒިރުގައެވެ. 

ސެކުއުރިޓީންގެ ހާޒިރުގައި އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޞާލިހުގެ މޮޓޯކޭޓަށް ހުރަސްއެޅުނީ ކީއްވެތޯ ސިފައިންނާއި ކުރި ސުވާލަށް އަދި އެ އިދާރާއިން ޖަވާބުދީފައެއް ނުވެއެވެ. އެހެން ނަމަވެސް، އެއީ ސެކިއުރިޓީ ފެއިލާއެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. 

ކޮމެންޓް
އިއްބެ
ބުނަން ރާއްޖޭގަ ނޯންނާނެ މާވަރުގަދަ ސެކިއިއުރިޓީއެއް ދެވޭކަށް. އެއީ އާންމުންގެ ހައްގު ބޮޑުވެފަ ވެރީންގެ ހައްގެއް ނެތީމަ. އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމުރު މަގުތިން ޖަހައިގަތަސް އޯކޭތަ؟
21 Mar 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.