ރައީސް ޞާލިހުގެ މޮޓޯކޭޓަށް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ހުރަސްއަޅަނީ/ ފޮޓޯ: ސޯޝަލްމީޑިއާ
ހަބަރު
21 Mar 2023 | 10:20
ރައީސް ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅުނީ ސިފައިންނާއި ފުލުހުންގެ ފަރުވާކުޑަކަމުން: އިދިކޮޅު

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅުމަށް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންނަށް ހުރަސްއެޅުމުގެ ފުރުސަތު ލިބިގެން ދިޔައީ ފުލުހުންނާއި ސިފައިންގެ އިހުމާލުންކަމަށް ނުވަތަ އެ ފަރާތްތަކުގެ ފަރުވާކުޑަކަމުން ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ. 

ބައިނަލްޢަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އަނބުރާ ވަޑައިގެންނެވި މަގުމަތީގައި އިދިކޮޅުގެ މުޒާހަރާގެ ބައިވެރިންވަނީ އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއަޅާފަ އެވެ. 

ރޭގެ އެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝިޔާމުގެ އިތުރުން 4 މީހަކު އެ މައްސަލައިގައި ހައްޔަރުކުރިއެވެ. 

އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމް ގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ހައްޔަރު ކުރުން ބަލައެއް ނުގަނެވޭކަމަށެވެ. އަދި އެ ހަޑިމުޑުދާރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ސުލްޙަވެރި އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ނާއިބު ރައީސް ޝިޔާމް އެސަރަހައްދުގައިވެސް ނެތް ވަގުތަކަށްވާއިރު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ރޭ ކުރިއަށް ގެންދިޔަ ސުލްޙަވެރި އިޙުތިޖާޖު ނިންމާލުމަށްޓަކައި އިޙުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި، އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ޢަމަލެއްގެ ގޮތުގައި އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އަދި އެ ބަޔާނުގައި ބުނެފައިވަނީ އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ ޢަމަލެކެވެ. ނުވަތަ އެ 2 މުއައްސަސާ އެންމެ މަތިން ފެށިގެން ފެއިލް ވެފައިވާ ކަމުގެ ޢަލާމާތެކެވެ.

އެކަން ފާހަގަކޮށް އިދިކޮޅުން ބުނީ އެ މައްސަލަ މިނިވަން މުސްތަޤިއްލު ފަރާތަކުން މިހާރުން މިހާރަށް ލަސްނުކޮށް ތަޙުޤީޤުކޮށް އެ 2 މުއައްސަސާ އިސްލާޙު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށެވެ.

ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް މުޠަލަޤަށް ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށާއި، 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްޤެއްގެ ބޭނުން ކުރުން އެއީ ޖިނާޢީ ކުށެއްކަމަށް ކަނޑައެޅުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެސް ފަރާތަކަށް ދީފައިވާ ޙައްޤެއް ނޫންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ނަން
ވައްކަން ކުރެވުނީ އެ ގޭ މީހުން ފަރުވާކުޑަކަމުން : ވަގު
21 Mar 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.