ސިމްޑީ ސީޕީޑީ ފިހާރައިގެ އެތެރެ. -- ފޮޓޯ: ސިމްޑީ
ވިޔަފާރި
21 Mar 2023 | 16:01
ޢާއިލާ އާއި ރަހުމަތްތެރިންނަށް ރޯދަ ހަދިޔާއަކަށް ފޮނުވަން ސިމްޑީން ހަދިޔާ ޕެކެއް

އާއިލާ އާއި ރަހުމަތްތެރިންނާއި އެނޫންވެސް ފަރާތްތަކަށް ލުއި ފަސޭހަ ކަމާއިއެކު ރޯދަ ހަދިޔާ ދެވޭނެ މަގު ފަހި ކޮށްދިނުމަށް ސިމްޑީން "ރޯދަ ހަދިޔާ"ގެ ނަމުގައި ހާއްސަ ޕެކުތަކެއް ނެރެފިއެވެ.

ސިމްޑީގެ ރޯދަ ހަދިޔާ ޕެކުތަކުގެ ތެރޭގައި ހަތަރު އަގެއްގެ ހަތަރު ޕެކެއް ހިމެނެ އެވެ. އެއީ؛

1) 500ރ. ގެ ޕެކް

2) 1،000ރ. ގެ ޕެކް

3) 1،500ރ. ޕެކް

4) 2،000ރ. ގެ ޕެކް

ރޯދަ ހަދިޔާ ގިފްޓު ޕެކުތަކުގެ ތެރޭގައި، އެ ކުންފުނިން ވިއްކާ ޖޫސް ހަދާ، މޯނިން ބްރޭންޑުގެ ސިރަޕާއި އިލީ ކޮފީ އާއި ދުނާރު ރައިސް ފަދަ ޕްރޮޑަކްޓުތައް ހިމެނެއެވެ. 

ސިމްޑީން ބުނީ "ރޯދަ ހަދިޔާ" ޕެކުތައް، ސިމްޑީ އެޕް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށާ އަދި އެ ގަންނަ ފަރާތްތައް ބޭނުން ތަނަކަށް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދޭ ކަމަށެވެ. އެގޮތުން، ހަދިޔާ ގަންނަ އިރު، ފޮނުވަން ބޭނުންވާ ފަރާތުގެ އެޑްރެސް ހިމެނުމުން އެ ފަރާތަކަށް އެ "ރޯދަ ހަދިޔާ" ޕެކު ޑެލިވާކޮށްދޭނެ ކަމަށާ އަދި އެ ފޮނުވާ އިރު، ޕެކު ދޭން ބޭނުންވާ ފަރާތަށް ހާއްސަ މެސެޖެއް ދޭން ބޭނުންވާ ނަމަ އެ މެސެޖެއް ވެސް ހިމެނޭނެ ކަމަށެވެ. 

"ރޯދަ ހަދިޔާ"ގެ އިތުރުން ސިމްޑީން ވަނީ ރޯދަމަހާ ދިމާކޮށް 100،000ރ. ގެ އަގުހުރި އިނާމް ލިބޭ ހުށަހަޅާފައިވާ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. 

ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުން ފަށައިގެން 02 މޭއާ ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ސިމްޑީގެ ފިހާރަތަކުންނާއި ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް މަދުވެގެން 500 ރުުފިޔާގެ ވިޔަފާރިކުރައްވައިގެން ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ ތިންވަނަ ފަރާތަކަށް ލިބޭނީ 25،000 ރުފިޔާގެ ސިމްޑީ ހޯމް ޕެކޭޖެއް، ދެވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު އެއްވަނައަށް ދާ ފަރާތަކަށް ލިބޭނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ސިމްޑީން ބުނެއެވެ. 

މީގެ އިތުރަށް، ކޮންމެ ހަފުތާއެއްގައިވެސް ނަސީބުވެރި ފަރާތެއް ހޮވަން ނިންމާފައިވާއިރު އެ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރެއް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.