ކަމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ/ ފޮޓޯ: ފުލުހުންގެ ޚިދުމަތް
ހަބަރު
21 Mar 2023 | 21:53
މޮޓޯކޭޑު ހުއްޓުވި މައްސަލައިގައި ސަލާމަތީ ބާރުތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސް އެޅި މައްސަލައިގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް 241 ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާ ނިންމާލުމަށް ރައީސުލްޖުމްހޫރިއްޔާ މުލިއާގެއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން ދަނިކޮށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފަ އެވެ.

މިކަން ހިނގަދިޔަ ގޮތް ބެލުމަށް 241 ކޮމެޓީއަށް ހުށަހެޅުމާއި ގުޅިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމާފައެވެ.

އެކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ހުށަހަޅާފައެވެ.

ކޮމެޓީގައި އެހެން މެމްބަރުން ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ރައީސްގެ މޮޓޯކޭޑު މަދު އަދަދެއްގެ ބަޔަކު ކުރި މުޒާހަރާއެއްގެ މެދުގައި އެހާ ގިނަ އިރު އޮންނަންޖެހި، ފަހުން ރޫޓު ބަދަލުކޮށްގެން ދާންޖެހުން ސަބަބު ބަލަންޖެހޭކަމަށެވެ.

މިބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ޕޮލިސް އަދި ސިފައިންގެ އިންސިޑެންޓް ރިޕޯޓެއް ހޯދައި، ސިފައިންނާއި ފުލުހުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައެވެ.

މިބައްދަލުވުމުގައި މެމްބަރުންގެ ހުށަހެޅުންތަކަށްފަހު ކޮމެޓީގެ މުޤައްރިރު ނިންމީ މެމްބަރުން ހުށަހެޅުއްވި މައުލޫމާތުތައް ސަލާމަތީ ބާރުތަކުން ހޯދުމަށްފަހު ކޮމެޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބާއްވާ އެ ހާދިސާގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތް ލިޔުމުން ހޯދުމަށެވެ. އަދި އެ ދުމައްސަސާއާއި ކޮމެޓީއިން ވަކިވަކިން ބައްދަލުކުރުމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ހުރަސް އެޅުމަކީ ސެކިއުރިޓީ ފެއިލްވުމެއް ކަމަށް ބަލައި އެމަނިކުފާނުގެ ސެކިއުރިޓީ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެމްއެންޑީއެފްގެ ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ މުހައްމަދު ވަނީ ސަސްޕެންޑުކޮށްފަ އެވެ. 

އެހެން ނަމަވެސް ރައީސް ޞާލިހަށް ސެކިއުރިޓީ ދިނުމަކީ ދިފާއީ ބާރުގެ ޒިންމާއަކަށް ވާއިރު، ޗެކިއުރިޓީ ފޯރުކޮށްދިނުމަށް ދިފާއީ ބާރުގެ ފެއިލުވި މައްސަލައާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަޤާމުން ވަކިކުރުމަށް ހުށައެޅި ކުއްލި މައްސަލަ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައެއް ނުވާކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.