މާރސީގެ ހަދިޔާވަށި ފޯރުކޮށްދެނީ--
ހަބަރު
22 Mar 2023 | 10:38
"މާރސީ"ގެ "ހަދިޔާ ވަށި" މެދުވެރިކޮށް ހާލުގައި އުޅޭ ޢާއިލާ ތަކަށް ރޯދަމަހު އެހީވުމުގެ ފުރުސަތު

ފާއިތުވި 4 އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުގައިވެސް، މާރސީގެ އެންމެ މަޤުބޫލު އެއް ޕްރޮގްރާމްކަމުގައިވާ 'ހަދިޔާވަށި' ޕްރޮގްރާމް ރެއިން ފެށިގެން ކުރިއަށްދާނެކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

މާރސީގެ ހަދިޔާވަށި ޕްރޮގްރާމަކީ، މަތިވެރި ރަމަޟާން މަހުގައި، މި ކުޑަ މުޖުތަމަޢުގައި ދަތި ޙާލުގައި ދިރިއުޅޭ ފަރާތްތަކާއި، ކިރިޔާވެސް ފުދިގެން އުޅޭ ފަރާތްތަކަށް ޞަދަޤާތްކުރެވޭނެ މަގެއް ހުޅުވައި، މުޖުތަމަޢުން އެއްވެސް ބަޔަކު ބާކީ ނުކޮށް، އެކަކު އަނެކަކަށް އެހީތެރިވެ ހެދުމަކީ އުފަލަކަށް ހެދުމުގެ މަގުސަދު ގައި އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ މާސީގެ ހަދިޔާ ވަށި ޕްރޮގްރާމް ބާއްވާ ފަސް ވަނަ އަހަރެވެ.

މާރސީ އިން ބުނީ މިއަހަރުގެ ހަދިޔާވަށި ޕްރޮގްރާމުގައިވެސް، އެންމެހާ ފަރާތްތަކުން ފޯރުކޮށްދޭ ދީލަތި އެހީތައް، އެ އެހީ ލިބުން އެންމެ ޙައްޤުވެރި ފަރާތް ހޯދުމުގައި 'ހަދިޔާވަށި ކޮމިޓީ 2023' އިންސާފުވެރިކަމާއިއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ރެއިން ފެށިގެން ޕްރޮގްރާމް ހުޅުވާލެވިފައިވާއިރު، މާރސީގެ އެދުމަކީ، ހަމައެކަނި ރުފިޔާއިން މި ޕްރޮގްރާމަށް އެހީތެރިވުމުގެ ބަދަލުގައި، ދަތި ޙާލުގައި އުޅޭކަން އެނގޭ އާޢިލާތަކުގެ ނަމުގައި އެ ޖަމިއްޔާ އަށް ފޯރމު ހުށައަޅުއްވައި އެފަދަ ފަރާތްތަކަށް މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިވެދިނުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. 

ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް، ފައިސާ ފޮނުއްވާނީ:

ރުފިޔާ އެކައުންޓް؛ 7770000048136

ޑޮލަރު އެކައުންޓު؛ 7770000048137

ހަދިޔާވަށްޓަށް އެދި ހުށައެޅުއްވުމަށް ތިރީގައި އޮތް ލިންކުގައިވާ ފޯރމު ފުރައި، ތިރީގައިވާ ނަމްބަރުތަކަށް ގުޅުމަށް މާރސީ އިން އެދެއެވެ. 

9158066 | 9194498 | 7377547

http://shorturl.at/doHNQ

މާރސީގެ ހަދިޔާވަށި ހޯދުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 28 މާރިޗު ގެ 00:00 އެވެ. 

މާރސީ އިން ބުނީ މި އަހަރުގެ ރޯދަމަހުގައިވެސް އެ ޖަމިއްޔާގެ އަމާޒަކީ މަދުވެގެން 30 ޢާއިލާއަކަށް 1500 ރުފިޔާގެ ޕެކޭޖެއް ހަދިޔާ ކުރުން ކަމަށެވެ. 

މާރސީއަކީ، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާއަކަށް ވުމަށްފަހުގައާއި އޭގެ ކުރިންވެސް މާރސީގެ ފަރާތުން ވަނީ އެހީތެރިކަން ބޭނުންވެފައިވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޚާއްޞަގޮތެއްގައި އެކިއެކި ފަންޑްރައިޒް އިވެންޓްތަކުން ގިނަ ޢަދަދެއްގެ އެހީތެރިކަން އެކި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.