ޗިކަން ޕިއްޒާ --
ލައިފްސްޓައިލް
23 Mar 2023 | 07:22
މިއޮތީ މީރުކޮށް، ޗީޒީ ޗިކަން ޕިއްޒާ ތައްޔާރު ކުރާނެގޮތް

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ގޭގައި ތިބޭ ވަރަށް ތުއްތު ކުދިންވެސް ރޯދަ ހިފާ ދުވަހެކެވެ. އެފަދަ ގިނަ ކުދިންގެ އެދުމަކަށް ވަނީވެސް ރީދަ ވީއްލުމަށް ޕިއްޒާ ހެދުމަށެވެ. އެހެންކަމުން މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ޗިކަން ޕިއްޒާ ތައްޔާރު ކުރާނެގޮތެވެ. 

ބޭނުންވާ ތަކެތި 

1 ޕިއްޒާ ފުށްގަނޑު 

1 1/2 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފަ)

1/3 ޖޯޑު ފްރައިޑް ޗިކަން ސޯސް

1/2 ސައި ސަމުސާާ މުގުރި އަސޭމިރުސް

1/2 ޖޯޑު ޕީލްޑް ޓޮމާޓޯ

1 ކުޑަ ފިޔާ (ހިމުން ކޮށާފަ)

2 ލޮނުމެދު (ގާނާފަ)

1/3 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފަ)

1/2 ޖޯޑު ޗެޑާ ޗީޒް

1/4 ބެލް ޕެޕަރ (ކަރުނަގާ ދިގަށްވާ ގޮތަށް ފޮތި ކޮށްފައި)

5 އޮލިވް (ވަށްކޮށް ކޮށާފައި)

 ލޮނު

 ބަޓަރ

ބޭނުމިއްޔާ ކުޑަ ގިތެޔޮ މިރުސް ކޮޅެއް

1/3 ސައި ސަމުސަލުގެ އޮރެގާނޯ ޕައުޑަރު 

ތައްޔާރުކުރާނެ ގޮތް:

1) ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު ތެޔޮ ހޫނު ވުމުން  ފިޔާ އަދި ލޮނުމެދު އަޅައި ފިޔާ މޯޅިވަންދެން ކައްކާލާށެވެ.

2) އެއަށްފަހު ކުކުޅު ކޮޅުވެސް އެއަށް އަޅާލުމަށްފަހު ރަހަލާ ވަރަށް ލޮނު ލުމަށްފަހު ކުކުޅު ރޯ ފިލަންދެން މަޑުގިނީގައި ފްރައި ކޮށްލާށެވެ. 

3) ދެން އޭގެތެރެއަށް އަސޭމިރުސް، ޕީލްޑް ޓޮމާޓޯ، އޮރެގާނޯ އަދި ފްރައިޑް ޗިކަން ސޯސް، އަޅާފައި މަސްގަނޑު ރަނގަޅަށް ކައްކާލާށެވެ. ރަހަ ބަލާލުމަށްފަހު ލޮނު ހެޔޮ ވަރު ކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.

4) ޕިއްޒާ ފިހާނެ ޓްރޭގެ މައްޗަށް ½ ސައިސަމުސަލެއްހާ ކޯން ފްލާ ބުރުއްސާލާށެވެ. ކޯން ފްލާ ނެތިއްޔާ މިހެން ނުހެދިޔަސް ރަނގަޅުވާނެއެވެ. ކޯން ފްލާ އަޅަނީ ޕިއްޒާގެ ފޫ ކުޑަކޮށް މުރަނަ ކޮށްލަން ވެގެންނެވެ.

5) ޓްރޭގައި ފުށްގަނޑު ބޭއްްވުމަށްފަހު ފުށްގަނޑު މަތީގައި ބަޓަރު ކޮޅެއް ރަނގަޅަށް ހާކާލާށެވެ. ހާކާފައި އޭގެ މައްޗަށް މޮޒޮރެއްލާ ޗީޒް ކޮޅު އަޅާލާށެވެ. 

6) ދެން މަސްގަނޑު ފަތުރާލުމަށްފަހު މަސްގަނޑު މަތީގައި ބެލްޕެޕާރ އާއި އޮލިވްސް (ބޭނުން ނަމަ ގިތެޔޮ މިރުސް ކޮޅު) އަތުރާލާފައި އޭގެ މައްޗަށް ޗެޑާ ޗީޒް ވެސް އަޅާލާށެވެ.

7) ދެން އަވަނަށް ލުމަށްފަހު 230 ޑިގްރީސް ސެލްސިއަސްގައި 15 މިނިޓު ނޫނީ ޗީޒް އާއި ފުށްގަނޑަށް ރަންކުލަ އަރާލަންދެން ފިހާށެވެ. (އަވަނަށް ޕިއްޒާ ލުމުގެ ކުރިން 230 ޑިގްރީސް ގައި 10 މިނެޓް ވަންދެން އަވަން ހޫނު ކޮށްލަން ވާނެ އެވެ. ޕިއްޒާ ތައްޔާރު ކުރާ ގަޑީގައި އަވަން ޕްރީ ހީޓަށް ޖެއްސުމުން ފިހަން ވާއިރަށް ހުންނާނީ ޕްރީ ހީޓް ވެފައެވެ.) 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.