ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހިޔާ ޖަމިއްޔާގެ އިސް ބައެއް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Mar 2023 | 22:12
"އިންތިޚާބާ ދިމާކޮށް ހިޔާގެ ކުލި ކުޑަ ކުރަން އުޅޭ ކަމަށް ދައްކަނީ ސަރުކާރުގެ މޫނުމަތި ރީތިކުރަން"

ވެރިކަން ނިމެން ކައިރިވެ، އަންނަ ދައުރުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ‘ހެޔޮފުޅުކަމުން’ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން އުޅޭކަމަށް ދޭހަވާގޮތަށް މީޑިއާ ގައި ޚަބަރުތައް ފަތުރުވަނީ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކަމަށް އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ބުނެފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު އާއްމުންގެ އެކުވެރި ޖަމިއްޔާއިން ވަނީ ރައީސް ޞާލިހާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމާއި ގުޅިގެން މައުލޫމާތު ދެމުން ވަރަށް ގިނަ ނޫސްތަކުގައި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރަން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. 

އެކަމާއި ގުޅިގެން އާއްމުންގެ އެކުވެރި ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަސް ތެރޭގައި ކުރެއްވެވި އެއްކަމަކީ ހިޔާ ފްލެޓުތަކުގެ ‘ކޮތަރުކޮށިކަން’ ކަނޑުވަން ތަނުގެ ޑިޒައިން ބަދަލު ކުރަން ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުމަކަށް ގެނައުން ކަމަށެވެ.

ހަަމަ އެއާއެކު ހިޔާ ފްލެޓުތައް ބަހާފައިވަނީ ނުހައްގުން ކަމަށް ބުނެ، ފްލެޓު ކޮމެޓީއެއް އުފައްދަވައި އެ ކޮމެޓީން ފްލެޓުތައްް ދިނުމުގެ އުސޫލުތައް ގަޑުބަޑުކޮށް، ލިޔުންތައް މަސްހުނިކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ އާންމުން ‘ތަޅުވަތަޅުވާ’ 2 އަހަރުގެ ވަގުތު ނަގާލުމަށް ފަހު، ނެރުނު ފްލެޓު ލިބޭ މީހުންގެ ލިސްޓާއި 2018 ވަނަ އަހަރު ކުރީީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމް ގެ ސަރުކާރުން ނެރުނު ލިސްޓާއި ހުރީ %12 ގެ ތަަފާތެއް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެއެވެ. 

އަދި އެވީ ދެ އަހަރު ތެރޭގައި ހިޔާ 2500 ފްލެޓުގެ މަޝްރޫއު އަދި ހިޔާ 1 ކޮޓަރީގެ 1000 ފްލެޓުގެ މަޝްރޫއު ސަރުކާރުން ބާތިލް ކޮށްފައިވާ ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ. 

"އެތައް ހާސް ބައެއްގެ ފްލެޓުތައް ސިޔާސީ ސަބަބުތަކަށްޓަކަައި ފޭރިގަތްއިރު، ބާތިލް ކުރެވެން އަދި ތަޅާލެވެންވެސް ނެތް ހިޔާ 2 ކޮޓަރި 7،000 ޔުނިޓު އާންމުންނާއި ހަވާލު ކުރުން ސަރުކާރުން ދިޔައީ ލަސްކުރަމުންނެވެ. ކަމަާއިގުޅޭ ވަޒީރު އަސްލަމް އަންނަމަސް އަންނަމަސް ވިދާޅުވަމުން އަހަރެއްވަންދެން ހިޔާ ފްލެޓުވެރިން ޖިސްމާނީ އުދަގޫތަކާއި ނަފްސާނީ ވޭނެއްގައި ތެޅުވިއެވެ."

"ހިޔާ ފްލެޓުތައް ނުދީ ލަސްކުރަމުންގޮސް، ގުރުލާން ފެށީ ލޯކަލް ކައުންސިލް އިންތިހާބަށް އެއް ދުވަހަށް ވީމައެވެ." އާއްމުންގެ އެކުވެރި ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ފިނިޝިން ނިންމައި 5،600އަށް ދޭން ނިންމި ފްލެޓްތައް 7،000 ރުފިޔާއަށް ބޮޑު ކޮށް ފިނިޝިން ނުވެސް ނިންމައި ކޮވިޑްގެ ހާލަތުގައި ރައްޔިތުން ދަރަނީގެ އަނދަވަޅަކަށް ވައްޓާލީވެސް މި ސަރުކާރުން ކަމަށް ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކުރަން ގޮވާލާ ކުރި އިހްތިޖާޖުގެ ތެރެއިން--

"ތަނަށް މީހުންވަދެ އާންމު ބަސްހިދުމަތްތަކުން ފެށިގެން މިއަދާއި ހަމަޔަށް ކުރަން ޖެހުނު ހުރިހާ އަސާސީ ކަންތަކެއް ކުރުވީ ފްލެޓުވެރިން ނިކުމެ އެކަމަށް އަޑު އުފުލައިގެނެވެ. ބަހުގެ ހިދުމަތް ފެށީ ހާލުގައި އުޅުނު މީހުންގެ ވީޑިއޯ ހެދީމައެވެ. ކުނި އުކައި ސައިޓު ސާފު ކުރީ އާންމުން ނިކުމެއެވެ. 4 އަހަރުން ހެދި ވަގުތީ މިސްކިތް ދާއިމީ ވެެއްޖެއެވެ. 4 އަހަރުން ހެދުނު މަދަރުސާގެ ފެންވަރާއި ހިދުމަތަށް ރިއާޔަތްކޮށް ފްލެޓުވެރިން އެތަނަށް ކިޔައި އުޅެނީ ‘ޓިނު މަދަރުސާ’ އެވެ." އާއްމުންގެ އެކުވެރި ޖަމިއްޔާއިން ބުނެފައިވެއެވެ.

އެ ހުރިހައި ކަމަކީވެސް މި ސަރުކާރުން ފްލެޓުވެރިން ނިކަމެތި ކޮށް، ފްލެޓުވެރިންނަށް ހިޔާގައި އުޅުމަކީ ތަކުލީފަކަށް ހެެދުމަށް ކުރި ކަންކަން ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެއެވެ. 

އެ ޖަމިއްޔާ އިން އިތުރަށް ބުނީ، އެ އެންމެހައި ކަންކަން އެގޮތަށް ކުރުމަށްފަހު، އިންތިހާބު ބޯމަތިވީމައި، ރައީސް ޞާލިހު ގެ ހެޔޮފުޅުކަމުން ކުލި ‘ކުޑަކުރަން’ އުޅޭކަމަށް ބުނެ ވިއްކަން އުޅޭ ސިޔާސީ ޕޯސްޓަރު ބަލައިގަންނަ ވަރަށްވުރެ ފްލެޓުވެރިން ތަހުޒީބު ކަމަށާ، އިންތިހާބަށް ކުއްޔަށް ބަދަލު ގެންނަން ޖެހޭނެކަން، އެއީ ރައީސް މީހާޔަށް އޮތް އޮޕްޝަނެއް ނޫންކަން އެނގޭވަރަށް ފްލެޓުވެރިން ތިބީ ސިޔާސީ ކަންކަމަށް ލޯހުޅިވިފައި ކަމަށެވެ.

މި ހުރިހާކަމެއް މިހެން ހުރުމާއިއެކު ރިޔާސީ އިންތިހާބާއި ދިމާކޮށް އަދި ހުޅުމާލެއިން ގޯތިތަކެއް ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރާއިއެކު މަޝްވަރާއަކަށް ނުދާނެ ކަމަށް ޖަމިއްޔާއިންވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށާފައިވާއިރު މީގެ ކުރިން ސަރުކާރުން ބުނަމުންއައީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އެދޭ އަދަދަށް ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އޭރު ވަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ކޮށްފައެވެ.

ކޮމެންޓް
އައްލާބެ
ކޮންމެ މީހަކު މާލޭގައި އުޅެން ދިމާކުރީމާ ވާނެހާއެތިވެފައި ތިއޮތީ. މީހާގެ ވިސްނުން މިހުންނަނީ ރަށުގެ ގޮނޑުދޮށާހިސާބުގައި. އެއަށްވުރެ ދުރަށްވެސް މިވިސްނެނީ މާލެއަށް ހިޖުރަކުރުމަށް.
24 Mar 2023
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.