އާމިރްގެ ހަށިގަނޑު ހޮސްޕިޓަލަަށް ގެންދަނީ
ދުނިޔެ
24 Mar 2023 | 05:21
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުވެސް އިޒްރާއިލުން ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ދެކުނު އައްސޭރީގައި ފަލަސްޠީނުގެ ޒުވާނެއްގެ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ދެކުނު އައްސޭރީގައި އޮންނަ ތުލްކަރަމް ސިޓީގައި އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފައިވަނީ 25 އަހަރުގެ އާމިރް އަބޫ ޚަދީޖާއެވެ. އާމިރްގެ މަރާއި ގުޅިގެން ތުލްކަރަމް ސިޓީގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށްފައި ވާކަމަށް ފަލަސްޠީނުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އާމިރްގެ މަރާއި ގުޅިގެން މީޑިއާ އާއި ވާހަކަ ދެއްކި ފަލަސްޠީނުގެ އޮފިޝަލަކު ބުނެފައިވަނީ އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ ކުއްލި ހަމަލާތަކަށް ރަމަޟާން މަހާއި ގުޅުވައިގެންވެސް ހުއްޓުމެއް ނުގެންނަ ކަމަށެވެ.

އިޒްރާއިލްގެ މިލިޓަރީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުން ތުލްކަރަމް ގައި ހިންގި މިލިޓަރީ ރެއިޑަކީ މިލިޓަރީގެ އަންޑަރކަވަރ ޔުނިޓް ބައިވެރިވެގެން، ބަޑީގެ ހަމަލާތަކެއް ދިން މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދައި ހައްޔަރުކުރުމަށް ހިންގުނު ރެއިޑެއް ކަމަށެވެ.

އިޒްރާއިލްގެ ބަޔާނުގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުން އެމީހާގެ ގަޔަށް ބަޑިޖެހީ އެމީހާ އިޒްރާއިލް ސިފައިންނަށް ހަމަލާދިނުމަށް ހަތިޔާރު އަމާޒުކުރުމުން ކަމަށެވެ. އަދި އާމިރް އަކީ، މިފަހަކަށް އައިސް ދެކުނު އައްސޭރީގައި އުފެދި ފުޅާވަމުން އަންނަ ތުލްކަރަމް ބްރިގޭޑްގެ އެއް ފައުންޑަރ ކަމަށް ވެސް އިޒްރާއިލް ސިފައިން ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ފަތަޙް މޫވްމެންޓުގެ އެކްޓިވިސްޓެއް ކަމަށްވާ މުރާދް ދުރާބީ ބުނެފައިވަނީ އިޒްރާއިލް ސިފައިން އާމިރް ހުރި ގޭގެ ވަށާލުމުގެ ކުރިން އެގެހުރި ތުލްކަރަމްގެ ހިސާބުގަނޑު ކަމަށްވާ ޝުފްޢާ އަށް ވަދެ ގަނެ އެ ހިސާބަށް ވަދެވެން އޮންނަ މައި މަގު ބަންދުކޮށް އެހިސާބުގަނޑުގެ މީހުންނާއި ވެހިކަލްތައް ވަނުން ހުއްޓުވި ކަމަށެވެ.

ފަލަސްޠީނުގެ މީޑިއާއިން ބުނެފައިވަނީ އިޒްރާއިލް ސިފައިން

އާމިރް އޭރު ހުރި ފްލެޓްގެ ވެރިމީހާ ވެސް ހައްޔަރުކޮށްގެން ގެންދިޔަ ކަމަށެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ޖާރުއްސަލަމްގައި ހުންނަ މަސްޖިދުލް އަޤްޞާގައި ފަލަސްޠީނުގެ މުސްލިމުންގެ އެއްވުންތަކުގެ ތެރައަށް ހަމަލާތައް ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.