ރާހުލް ގާންދީ
ދުނިޔެ
24 Mar 2023 | 21:36
އިންޑިޔާގެ އިދިކޮޅުގެ ލީޑަރުގެ ގޮނޑި ގެއްލިއްޖެ

އިންޑިޔާގެ އިދިކޮޅުގެ އެންމެ އިސް ލީޑަރު ރާހުލް ގާންދީގެ މައްޗަށް ގުޖުރާތު ކޯޓުން އިއްވި ދެ އަހަރުގެ ޖަލު ހުކުމާއި އެއްކޮށް ޤާނޫނު ހަދާ މަޖިލީހުން އިން އޭނާއަށް ލިބިފައިވާ ގޮނޑި ގެއްލިއްޖެއެވެ.

ޤާނޫނު ހަދާ މަޖިލީހުން ރާހުލް ގާންދީ އަށް ފޮނުވައިފައިވާ އެންގުމުގައި ބުނެފައިވަނީ ކޯޓުން އޭނާ އާއި މެދު އިއްވި ޙުކުމާއި އެކު އެ "ލޯގްސަބާ" އިން  އޭނާއަށް ލިބިފައިވާ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ރާހުލް ގާންދީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ މަސައްކަތް ކުރަމުންދަނީ އިންޑިއާ އަށް ޓަކައި ކަމަށާއި އެކަމަށް ޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެ ކަމަށެވެ.

އުމުރުން 52 އަހަރުގެ ރާހުލް ގާންދީގެ މައްޗަށް ދެއަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އަބުރާއި ބެހުނު ކަމުގެ މައްސަލައެއްގައެވެ. އެމައްސަލައަކީ 2019 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަމުން ވަގުންގެ ސަރނޭމް އަކަށް މޮދީ އަންނަނީ ކީއްވެތޯ ކުރި ސުވާލަކާއި ގުޅިގެނެވެ.

ރާހުލް ގާންދީ އަކީ އިންޑިޔާގައި ފާހަގަ ކޮށްލެވޭ އާއިލާ އެއް ކަމަށްވާ ނެހެރޫ ގާންދީ އާއިލާގެ މެމްބަރެކެވެ. އަދި އޭނާއަކީ އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް ކަންވެސް ކޮށްފައިވާ މީހެކެވެ.

ރާހުލް ގާންދީގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.