ނިއުޖާޒީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އައްޔަނު ކުރެވުނު ނާދިޔާ ކަހަފް
ހަބަރު
25 Mar 2023 | 23:55
އެމެރިކާގެ އެންމެ ފުރަތަމަ ބުރުގާ އެޅި މުސްލިމް ފަނޑިޔަރާކަށް ނާދިޔާ ކަހަފް

އެމެރިކާގެ އެންމެ ފުރަތަމަ ބުރުގާ އެޅި މުސްލިމް އަންހެން ފަނޑިޔާރެއްގެ ގޮތުގައި ސީރިޔާ އިން އެމެރިކާ އަށް ހިޖުރަކުރި މުސްލިމް އާއިލާއެއްގެ އަންހެނެއް ކަމުގައިވާ ނާދިޔާ ކަހަފް ވެއްޖެއެވެ.

އެމެރިކާގެ ނިއުޖާޒީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހަމަޖެއްސި ނާދިޔާ ކަހަފް އޭނާގެ މަޤާމުގެ ހުވާ ކޮށްފައިވަނީ ކީރިތި ޤުރުއާން އަތުގައި ބާއްވައިގެން ކަމަށް ނިއުޖާޒީގެ ނޫހެއްގައި ބުނެފައިވެއެވެ.

ނާދިޔާ އަކީ އެމެރިކާގެ ކޯޓަކަށް އައްޔަން ކުރެވުނު ފުރަތަމަ މުސްލިމް ފަނޑިޔާރު ކަމުގައި ނުވިޔަސް ބުރުގާ އަޅައިގެން ހުރި ފުރަތަމަ ފަނޑިޔާރަކީ ނާދިޔާއެވެ.

2003 ވަނަ އަހަރުން ފެށިގެން ނާދިޔާ އަކީ ނިއުޖާޒީގެ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްގެ ޗެޕްޓަރ ގެ ބޯޑު މެމްބަރުކަން ކުރަމުން އަންނަ މީހެކެވެ. އަދި މިހާރު ނާދިޔާ އަކީ އެ ކައުންސިލްގެ ޗެއަރވުމަންއެވެ.

މީގެ އިތުރުން ނާދިޔާ އަކީ ވަފާ ހައުސްގެ ލީގަލް އެޑްވައިޒަރެވެ. ވަފާ ހައުސްއަކީ ގެވެށި އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ އިޖްތިމާއީ ޚިދްމަތް ފޯރުކޮށްދޭ އެޖެންސީއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.