ބަޖްރަންގްދާލް ގެ މެމްބަރު ރާހުލް ސަކްސޭނާ/ ޒާކިރްގެ ގޭގައި ތަރާވީޙް ނަމާދު ކުރެވެނީ
ހަބަރު
26 Mar 2023 | 22:54
އިންޑިޔާގައި އަމިއްލަ ގޭގައި ތަރާވީޙް ނަމާދަށް ތިބި ބަޔަކު ހުއްޓުވައިފި

އިންޑިޔާގެ ލާޖްޕަތް ނަގަރްގައި މުސްލިމުން ތަކެއް އަމިއްލަ ގޭގައި ތަރާވީޙް ނަމާދަށް ތިއްބައި ޕޮލިހުންނަށް އެންގުމުން ޕޮލިހުން ނަމާދަށް ތިބި މީހުން ހުއްޓުވައިފިއެވެ.

އުއްތަރްޕްރަދޭޝްގެ މޮރޮދާބާދް ކިޔާ ޕްރޮވިންސްގެ ލާޖްޕަތް ނަގަރްގައި އުޅޭ މުސްލިމެއް ކަމަށްވާ ޒާކިރް ކިޔާ މުސްލިމަކު އޭނާގެ ގޭގައި އިތުރު އެހެން މުސްލިމުން ތަކާކާއި އެކު ޖަމާޢަތް ހަދައިގެން ތަރާވީޙް ނަމާދު ކުރަމުންދަނިކޮށް ހިންދޫ ދީނުގެ ޖަމާޢަތެއް ކަމަށްވާ ބަޖްރަންގް ދާލްގެ މެމްބަރުން ވަނީ އެކަން ހުއްޓާލުމަށް ގޮވާލައި ފުލުހުންނަށް އެކަން އަންގައި ޒާކިރު އާއި އޭނާ އާއި އެކު ނަމާދު ކުރަން ތިބި އެހެން މުސްލިމުންނާއި ދެކޮޅަށް މައްސަލަ ފައިލް ކޮށްފައެވެ.

އަދި ލާޖްޕަތް ނަގަރްގެ ޕޮލިހުން ވަނީ ޒާކިރްގެ އަމިއްލަ ގޭގައި ކުރެވެމުންދިޔަ ތަރާވީޙް ނަމާދުގެ ޖަމާޢަތް ހުއްޓުވާފައެވެ.

ބަޖްރަންގް ދާލްގެ މެމްބަރު ރާހުލް ސަކްސޭނާ ބައެއް މީޑިއާ ތަކަށް އިންޓަރވިއު ދެމުން ބުނެފައިވަނީ ލާޖްޕަތް ނަގަރްގައިވެސް، މޮރޮދާބާދުގައި ކީއްކުރަން އުއްތަރްޕްރަދޭޝްގެ އެއްވެސް ތަނެއްގައި މުސްލިމުންނަށް އައު ކަންކަން ތަޢާރަފްކޮށްގެން މިހެން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި މިފަދަ ކަންކަންކުރާ މީހުން ހުއްޓުވާނެ ކަމަށް އޭނާ ފަޚުރުވެރި ކަމާއި ބޮޑާ ކަމާއި އެކު ބުނެފައިވެއެވެ.

އިންޑިޔާ ފުލުހުން ނަމާދަށް ތިބި މުސްލިމުންނަށް އެމީހުންގެ ހައްޤު ހޯދައި ދިނުމުގެ ބަދަލުގައި ވަނީ ނަމާދަށް ތިބި މުސްލިމުންގެ ވީޑިއޯ ކޮށް އެމީހުންގެ ނަމާދު ހުއްޓުވައިފައެވެ.

ހަމަ މިރަމަޟާން މަހު ލާޖްޕަތް ނަގަރްގެ ދަގަނޑު ގުދަނެއްގެ ތެރޭގައި ނަމާދަށް ހުރި އެތަނުގެ ވެރިފަރާތް ނަމާދުކުރުން ހުއްޓުވާފައިވާ ކަމަށްވެސް ޠާރިޤް އަންވަރު ކިޔާ އިންޑިޔާގެ މުސްލިމަކު ޓްވީޓެއްގައި ބުނެފައިވެއެވެ.

ކޮމެންޓް
ލަބީޤް މުޙައްމަދު މާހިދު މަނަދޫ ވިއު
ގޭގައި ޖަމާޢަތް ހަދައިގެން ތަރާވީޙް ނަމާދުކުރުމަކީ އާކަމެއް ތަޢާރަފްކުރުމެއް ނޫނެވެ. އަދި އެއީ ބިދުޢައެއްވެސް ނޫނެވެ. މާތްﷲ ކަލޭ (ރާހުލް ސަަކްސޭނާ)ގެ ގަޑި ޖައްސަވާށި. އާމީން.
27 Mar 2023
އަލީ ޝާހިދު
ތިޔައީ މިދިވެހި ރާއްޖޭގައި މާކުރިން ތަންފީޒު ކޮއް އަދަބުދޭކަމެއް . ރަތްލާޖެހި ކާފަރުން ތިކަން ކުރީމަ ހައިރާނެއް ނުވޭ.
27 Mar 2023
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.