މުޙައްމަދު އިސްމާއުލް ޕްރެސް ކޮންފަރެންސްއެއްގައި/ ފޮޓޯ: ވޮއިސް
ހަބަރު
28 Mar 2023 | 09:07
ބިރު ފަހަނައަޅާ ގޮސްގެން ނޫނީ ދެން ޤައުމު ސަލާމަތެއް ނުކުރެވޭނެ: މުޙައްމަދު އިސްމާއިލް

ބިރު ފަހަނައަޅާ ގޮސްގެން ނޫނީ ދެން ޤަައުމު ސަލާމަތް ނުކުރެވޭނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުޙައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި ފަރާތްތައް ދޫކޮށްލުމާއި ގުޅިގެން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

އެގޮތުން މުޙައްމަދު އިސްމާއިލް ވިދާޅުވީ މިހާރު ގައުމު މި އޮތް ހާލަތުން ނަގައިގަތުމަށް އާންމުން މަގުތަކަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅުގެ މަސައްކަތާއި ގުޅެން ޖެހޭ ކަމަށެވެ.

މިއަދު މި މަސައްކަތް ނުކޮށްފިނަމަ ގައުމު އަނބުރާ ހޯދަން އުންދަގޫވާނެ ކަމަށާއި، ސަރުކާރުން ދައްކާ ބިރު ރައްޔިތުން ފަހަނައަޅާ ހާލަތު ބަދަލުކުރުމަށް ނިކުންނަން ޖެހޭ ވަގުތު ޖެހިއްޖެކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

"ދިވެހިރާއްޖޭގެ ތާރީހުގައި ޕީޕީއެމުން ހިންގާފައި އޮތް ހަރަކާތްތައް ބަލަންވީ. ދުވަހަކުވެސް ރައްޔިތެއްގެ މުދަލަކަށް، ދައުލަތުގެ މުދަލަކަށް، ރައްޔިތަކަށް އަނިޔާވެރިވާނެ އެއްވެސް ކަމެއް މުޒާހަރާތެރޭގައި ނުވަތަ ސުލްހަވެރިކަމާއެކު ހިންގާ ހަރަކާތްތަކުގައި ހިންގާފައެއް ނޯންނާނެ. އެހެން ނަމަވެސް ވަށާ ޕޮލިހުން ބައިތިއްބައިގެން މަގު ހިނގާލާ ރީތިކޮށް އަޑުއުފުލުމުގެ ފުރުސަތު ނުދީ ގެއްލިފަ މި އޮތީ. އެހެންވީމަ ކޮންމެ ރެއަކު އަޅުގަނޑުމެން މި ބާއްވާ މުޒާހަރާގައި ގައުމު ދެކެ ލޯބިވާ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރަން ބޭނުންވާ ރައްޔިތުން ތިބިކަން އެނަ އެނގޭ. އެ ރައްޔިތުން އަޅުގަނޑުމެންނާއި ބައިވެރިވާންވީ. ބައިވެރިވެގެން އެ ރައްޔިތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ. އެ ބައިވެރިވާ ބޭފުޅުންގެ މުސްތަގުބަލާއި އެބޭފުޅުންގެ ދަރިންގެ މުސްތަގުބަލު ދިފާއުކުރުމަށްޓަކައި މިއަދު ނިކުމެ މި މަސައްކަތް ނުކޮށްފިނަމަ މިއަށްވުރެ މާ އަނދިރި ދުވަސްތަކަކަށް އަޅުގަނޑުމެން ވެއްޓިގެން ހިނގައިދާނެ"

އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުޙައްމަދު އިސްމާއިލް 

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން އަޑުއުފުލަމުންދަނީ އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ "ހަރާން ހުކުމެއް" ކަމަށް ބުނަމުންނެވެ. 

ރާއްޖޭގެ ޖުޑިޝަރީއަށް އޮތް ސިޔާސީ ނުޒޫފު ނައްތާލާ ދިވެހިން ބޭނުންވާ އަދުލު އިންސާފު ރާއްޖޭގައި ގާއިމްކުރުމަށް އެ ހުކުމާއި ދެކޮޅަށް އަޑުއުފުލަން ޖެހޭކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމިނަކީ ސަރުކާރުން ހިންގާ ޖަރީމާތަކާއި ދެކޮޅަށް އަދި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ފާޅުގައި ވަކާލާތު ކުރައްވަން ކެރިވަޑައިގަންނަވާ ހަމައެކަނި ލީޑަރެވެ. 

އެހެންކަމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ފުރުސަތު ހޯދައިދިނުމަށް ރައްޔިތުން މަސައްކަތް ކުރުމަކީ މިއަދު ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ޒިންމާ އަދާކުރަން މިއަދު ރައްޔިތުން ފާޅުގައި ކެރިގެން ނިކުތުމަށް ގޮވާލައްވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.