ފޮޓޯ/ އައިއޭސީ
ހަބަރު
28 Mar 2023 | 11:36
އައިއޭސީގެ ލޯތްބާއިއެކު ކެމްޕޭންގެ ތެރެއިން ޣައްޒާގެ 3800 ޢާއިލާ އަކަށް ހަނޑޫ ބަހައިފި

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ކުރިއަށް ގެންދާ ލޯތްބާއިއެކު ކެންޕެއިންގެ ތެރެއިން ޣައްޒާގެ 3800 އަށްވުރެ ގިނަ ޢާއިލާ އަކަށް ބާސްމަތީ ހަނޑޫ ބަހައިފިއެވެ. 

އައިއޭސީގެ ލޯތްބާއިއެކު ކެންޕެއިން އަކީ ރަމަޟާން މަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި އުޅޭ މުސްލިމް އަޚުންނާއި އުޚްތުންނަށް ސަދަޤާތްތަށް ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަންކުރުމުގެ މަގުފަހިކޮށްދެއްވުމުގެ މަގުސަދުގައި ހިންގާ ކެންޕެއިނެކެވެ.

މި ކެންޕެއިނަށް ދިވެހިންގެ އެހީ ފޯރުކޮށްދިނުމަށް މިއަހަރުވެސް ފުރުސަތު ހުޅުވާލާފައިވާއިރު އެ އެހީއިން ލިބުނު ފައިސާއިން، ކާބޯތަކެތި، އަންނައުނު، ހިފާގެންގުޅޭ ސާމާނު އަދި އެ ޤައުމަކަށް އެންމެ ބޭނުން ޖެހިފައިވާ ކަމަކަށް އެހީފޯރުކޮށްދެވިގެންދާނެކަމަށް ވެސް އައިއޭސީން މައުލުމާތު ދީފައިވެއެވެ.

އެގޮތުން، އެހީގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާ ގައި ޖުމުލަ 20 ޓަނުގެ، 4000 ބާސްމަތީ ހަނޑޫ ބަސްތާ ބަހާފައިވާ ކަމަށް އައިއޭސީން ބުނެފައިވެއެވެ. އަދި އެ އެހީ 3800 އަށްވުރެ ގިނަ އާއިލާއަށް ފޯރުކޮށްދެވިފައިވާއިރު އޭގެ ސަބަބުން 28000 އަށްވުރެ ގިނަ މީހުންނަށް ފައިދާ ކުރާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. 

ލޯތްބާއިއެކު ކެމްޕޭންގެ ތެރެއިން ޣައްޒާ ހިމެނޭ ގޮތަށް 25 ގައުމެއްގައި އެހީ ބެހިގެންދާނެކަންވެސް އައިއޭސީން މައުލޫމާތު ދެއެވެ. 

ލޯތްބާއެކު ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ބީއެމްއެލް އިސްލާމިކްއެކައުންޓް ނަމްބަރު: 7770000062740

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: seasonal projects

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.