ވާހަކަ
28 Mar 2023 | 14:06
ވާހަކަ: ޒައިނުލް ޢާބިދީން ސިއްރުން ކުރެއްވި ހޭދަ

ޒައިނުލް ޢަބިދީން އަކީ ސަލަފުންގެ ބޭކަލުންގެ ތެރެއިން ވަރަށް މަޝްހޫރު ބޭކަލެކެވެ. އެއީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ މުނިކާފަ ދަރިކަލެކެވެ. އެކަލޭގެފާނަކީ އިޚްލާޞްތެރި ކަމާއި އެކު ހޭދަކުރުމުގެ ރިވެތި ނަމޫނާއެކެވެ.   

ކޮންމެ ރެއަކުވެސް، އެންމެހައި މީސްތަކުން ނިދައި، ހަމަހިމޭންކަން ވެރި ވުމުން ޒައިނުލް ޢާބިދީން އެކަލޭގެފާނުގެ ގެކޮޅުން ނިކުންނަވައެވެ. އަދި އެ ރަށުގައި ތިބި ފަޤީރުންނާއި މަސްކީނުންނާއި ހުވަފަތް ވެފައި ތިބި މީހުންގެ ގެތަކަށް ކާބޯތަކެތި ގެންގޮސްދެއްވުމުގެ މަސައްކަތް ފައްޓަވައެވެ. 

ފަތިހު އެ އެންމެހައި ގެ ތަކުގެ މީހުން ހޭލައިގެން ނުކުންނަ އިރު ގޭގެ ދޮރު މަތީގައި ކާބޯތަކެތި ހުރެއެވެ. އެތަކެތި ފޯރުކޮށްދެނީ ކާކު ކަމެއް އެކަކަށްވެސް ނޭނގެއެވެ. 

މިފަދައިން ދުވަސްތައް މަސްތަކަށްވެ، މަސްތައް އަހަރުތަކަށްވެގެން ދިޔައެވެ. ޒައިނުލް ޢާބިދީން އެކަލޭގެފާނުގެ އެ މަސައްކަތް ހުއްޓުމެއްނެތި ދިޔައީ ކުރައްވަމުންނެވެ. އެކަލޭގެފާނު އަވަހާރަވަންދެނެވެ. އަވަހާރަވީއިރުވެސް އެފަދައިން ޞަދަޤާތް ކުރައްވަމުންދިޔައީ އެކަލޭގެފާނުކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. 

އަވަހާރަވުމުން ކަފުން ކުރެއްްވުމަށް ޒައިނުލް ޢާބިދީން ގެ ހަށިގަނޑު ގެންދެވުނެވެ. އަދި ކަފުން ކުރުމުގެ މަސައްކަތް ކުރެއްވުމަށް ކައިރީގައި އުޅުއްވި ބޭފުޅުންނަށް އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ބޮޑު ކަޅު ކުލައިގެ ލަފެއް ހުއްޓައި ފެނި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ހުރި އެ ބޮޑު ލަފަކީ، ކޮނޑު ފުޅުމަތީގައި ކާބޯތަކެތި އުފުލަމުން، އެ ތަކެތި ގޭގެއަށް ފޯރުކޮށްދިނުމުގައި އުޅުމުގެ ސަބަބުން ޖަހާފައިވާ ލަފެވެ. 

އެ ލަފާއި، އަދި އެކަލޭގެފާނު އަވަހާރަވެޑައިގެންނެވުމާއި އެކު ފަގީރުންނަށް ލިބެމުންދިޔަ ކާތަކެތި ހުއްޓުމުން، އެތަކެތި ފޯރުކޮށްދެއްވަމުންދިޔައީ ޒައިނުލް ޢާބިދީން ކަން މީސްތަކުންނަށް އެނގިގެން ދިޔައެވެ. އޭގެ ކުރިން އެކަލޭގެފާނު ދުނިޔޭގައި ހުންނެވިހާ ދުވަހު އެކަން ކުރައްވަމުން ދިޔަ އިރުވެސް، އެ ޞަދަޤާތް ދެއްވަމުންދިޔައީ އެކަލޭގެފާނުކަން އެ ރަށުގެ އެކަކަށްވެސް އެނގުނަ ނުދެއްވިއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.