އައިޖީއެމްއެޗްގެ ނަރުހުން--
ހަބަރު
29 Mar 2023 | 10:52
އޮންލައިންކޮށް ކިޔަވާ ނަރުސް ކޯސްތައް އެމްކިއުއޭއިން ދެން ގަބޫލު ނުކުރާނެ!

ރާއްޖޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ނާރސިންގ ޕްރޮގްރާމްތައް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ބަލައިނުގަންނާނެކަމަށް އެ އޮތޯރިޓީން އަންގައިފިއެވެ.

އެމްކިޔުއޭ އިން ނެރުނު އިޢުލާނެއްގައި ބުނީ، ކޮވިޑް-19 ވަބާގެ ތެރޭގައި ފައްޓާފައިވާ ނުވަތަ އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން އެ އޮތޯރިޓީ ގެ "ގައިޑްލައިންސް ފޯރ އީ-ލަރނިންގ" ގައިޑްލައިންގެ ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައެއް ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަން ކުރިންވެސް އެ އޮތޯރިޓީން އަންގާފައިވާނެ ކަމަށެވެ.

އަދި ނާރސިންގ ދާއިރާ ގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ދަށުން ކުރިޔަށް ގެންދިއުމަކީ އެ ދާއިރާ ގެ ލައިސެންސިންގ އިދާރާ ކަމުގައި ވާ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫންކަމަށް އެ ކައުންސިލުން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށް އިއުލާނުގައި ވެއެވެ. 

އިއުލާނުގައި އިތުރަށް ބުނީ، ކޮވިޑް-19 ގެ ވަބާ ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގައި ހިންގުމުގެ ޢާއްމު ހުއްދައެއް ދީފައިވީ ނަމަވެސް، މިހާރު އެ ޙާލަތު އުވާލާފައި ވުމާއި، ނާރސިންގ ކައުންސިލް ގެ އެދުމާއިއެކު ނާރސިންގ ކޯސްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

ވުމާއެކު، ނާރސިންގ ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ހިންގުމާ ގުޅޭ ގޮތުން އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ގެ 2022 ވަނަ އަހަރު ގެ 26 ވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރެވި ނިންމާފައި ވާ ގޮތަށް، ނަރސިންގ ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން މިހާރު ހިނގަމުންދާ ސެމިސްޓަރ ގެ ނިޔަލަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ނާރސިންގ ދާއިރާ ގެ ކޯސްތައް ހިންގުން ހުއްޓާލުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

އަދި އެ އެންގުމާ ޚިލާފަށް ހިންގަމުން އަންނަ ނާރސިންގ ޕްރޮގްރާމްތައް، އެ ދާއިރާގެ ލައިސެންސިންގ އިދާރާ ކަމުގައި ވާ ނާރސިންގ ކައުންސިލް ގެ  ލަފަޔާ އެއްގޮތަށް އެމް.ކިއު.އޭ އިން ބަލައިނުގަންނާނެ ކަމަށްވެސް އެމްކިޔުއޭ އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.