އިޒްރާއިލްގެ ޔަހޫދީން ރޯކޮށްލި ކާރުތަކެއްގެ ކައިރީގައި ފަލަސްޠީނުގެ މީހަކު ހުއްޓިލައިގެން
ހަބަރު
29 Mar 2023 | 10:45
އިޒްރާއިލްގެ ޢާންމުންގެ ބަޔަކު ފަލަސްޠީނުގެ ބަޔަކަށް ހަމަލާދީފި

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން ތިބި އިޒްރާއިލްގެ ޔަހޫދީން ތަކެއް، އިޒްރާއިލް ސިފައިންގެ ހާޒިރުގައި ފަލަސްޠީނުގެ ހުވާރާ އަވަށުގެ ޢާންމުންގެ ބަޔަކަށް ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކުގައި ފަލަސްޠީނުގެ ހަމީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

ހުވާރާ އަވަށުގައި މިފާއިތުވި މަހުވެސް އިޒްރާއިލްގެ ޢާންމުންގެ މީހުންތަކެއް ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ އެކަކު ޝަހީދުވެ އެތައްސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. އެހަމަލާތަކާއި ދިމާވީ އިޒްރާއިލްގެ ފިނޭންސް މިނިސްޓަރު ހުވާރާ އަވަށް ފުހެލުމަށް ގޮވާލި ދުވަސްވަރާއެވެ.

ހޯމަދުވަހުގެރޭ އިޒްރާއިލްގެ ޔަހޫދިން ފަލަސްޠީނުގެ ޢާންމުންނަށް ދިން މިހަމަލާ ދީފައިމިވަނީ މީގެ މަހެއްހާ ދުވަސްކުރިން އިޒްރާއިލް ސިފައިން ހިންގި ރެއިޑެއްގައި ބަޑީގެ ހަމަލާތަލެއްގެ ސަބަބުން އަނިޔާވެ ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ނިޔާވުމުގެ ހިތާމައިގައި ފަލަސްޠީނުގެ ރައްޔިތުން ތިއްބައެވެ. އެރެއިޑުގައި ފަލަސްޠީނުގެ 11 މީހަކު ޝަހީދުވެ 100 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ފަލަސްޠީނުގެ ރަސްމީ ނިއުސް އެޖެންސީ އިން ބުނެފައިވަނީ ނިޔާވި މީހާއަކީ ނާބުލްސް ކައިރީގައި އޮންނަ ޒަވާތާ އަވަށުގެ އޮމައިރް ލޯލާ ކަމަށެވެ.

ހުވާރާ ވިލެޖްގެ ޢާންމުންނަށް އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާތަކުގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށްބޮޑަށް ދެރަވެ ހޮސްޕިޓަލް ގައި ދަނީ ފަރުވާދެމުންނެވެ.

ފަލަސްޠީނުގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ ޔަހޫދީން ވަނީ ފަލަސްޠީނުގެ ޢާންމުނަށް އެމީހުންގެ އަތުން އެތައް ހަމަލާތަކެއް ދީފައެވެ. އަދި ހުވާރާވިލެޖްގެ ޢާންމުންގެ ގެތަކުގަޔާއި ވެހިކަލް ތަކުގައި ހުޅު ޖަހައިފައިވެއެވެ. އަދި ޕެޕަރ ސްޕްރޭ ޖަހައި ކާރުތަކަށާއި ފިހާރަތަކަށް ވަނީ ގެއްލުންތަކެއް ދީފައެވެ.

ފަލަސްޠީނުގެ ރެޑްކްރެސެންޓުން ބުނެފައިވަނީ ނާބުލްސްގައި އޮންނަ އެޖަމާޢަތުގެ އެމްބިޔުލާންސް އަށް ވެސް ގެއްލުންތައް ދީފައިވާކަމަށް އެޖަމާޢަތުން ބުނެފައިވެއެވެ.

އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ ޢާންމުންނަށް ހަމަލާތައް ދޭން ފެށީ ފަލަސްޠީނުގެ ޢާންމުން ރޯދަވީއްލަން ތިއްބައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.