އައްޝައިޚް މުޙައްމަދު މޫސާ-- ފޮޓޯ/ އިސްލާމިކު މިނިސްޓްރީ
ދީން
29 Mar 2023 | 11:23
"މިއަދުގެ މައިންބަފައިން، ރަސޫލާ ޞޢވ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތަށް އަމަލުކުރަން ޖެހޭ"

މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ﷺ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތް ދަސްކޮށް އެގޮތަށް ދަރިންނާމެދު އަމަލުކުރަން ޖެހޭކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

އައްޝައިޚް މުޙައްމަދު މޫސާ މިހެން ވިދާޅުވީ ޅ. ނައިފަރުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

“ލޮބުވެތި ނަބިއްޔާ ﷺ ކުޑަކުދިންނާއެކު” މި މައުޟޫޢަށް ނައިފަރުގައި ތަޤްރީރުކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް މުޙައްމަދު މޫސާއެވެ.

މި ފޯރަމްގައި ތަޤްރީރު ކުރައްވަމުން އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވީ މިއަދު މި މުޖުތަމަޢުއިން ގެއްލިފައިވަނީ ރަސޫލާ ﷺ އޭރުގެ ކުޑަކުދިންނަށް ދެއްވާފައިވާ ރިވެތި އަޚްލާޤާއި ސުލޫކާއި އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތްކަމަށެވެ. މިއީ މިފަދަ ދުވަހެއް ދިމާވެދާނެތީ އެކަމަކަށް ރަސޫލާ ﷺ އަމުރުކުރެއްވިކަންތައްކަމަށާއި މިއަދު މި މުޖުތަމަޢުއިން ފެންނަ ނޭދެވޭ ކަންކަމަކީ އަޅުގަނޑުމެން، ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަންތައްތަކަށް އިޙްމާލްވުމުން ދިމާވެފައިވާ ހިތާމަވެރި ކަންކަންކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ މައިންބަފައިން ރަސޫލާ ﷺ ކުޑަކުދިންނާއި މުޢާމަލާތުކުރެއްވި ގޮތް ދިރާސާކޮށް އެގޮތްތައް ދަސްކޮށް އެގޮތަށް ޢަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛް މުޙައްމަދު އަނީލްވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި އެކިއެކި ޙާދިސާތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން ރަސޫލާ ﷺގެ ޒަމާނުގައި ކުޑަކުދިން އެކަލޭގެފާނުދެކެ އިންތިހާއަށް ލޯބިވާކަމަށާއި އެއީ އެކަލޭގެފާނު ކުޑަކުދިންނާ މުޚާތަބްކުރެއްވި ރިވެތި އުސޫލުތަކާއި ބެހެއްޓެވި އޯގާތެރިކަމުންކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންނާ ރިވެތިގޮތުގައި މުޢާމަލާތުކުރެއްވުމަށް ރަސޫލާ ﷺ އަންގަވާފައިވާކަމަށް ވިދާޅުވިއެވެ. ރަސޫލާ ﷺގެ ހަދީޘްތަކަށް ބައްލަވާލައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ ބޮޑެތިމީހުންނަށް އިޙްތިރާމް އަދާނުކުރާ އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ މުސްލިމުންގެތެރެއިންވާ މީހެއް ނޫންކަމަށެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން މުހިންމު މިސާލުތައް ނަންގަވައި، ކުޑަކުދިންނާ މުޚާތަބްކުރެއްވި ގޮތާއި، ކުޑަކުދިން ތަރުބިއްޔަތުކުރެއްވުމަށް ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުތަކާއި ބޮޑެތިމީހުން ކުޑަކުދިންނަށް އޯގާތެރިވާންވީގޮތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅާއި މިކަންކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ޅ. ނައިފަރުގެ އިޙްޔާ ފޯރަމަށްފަހު ދެން އެންމެ އަވަހަށް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިހްޔާ ފޯރަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.