ޖޭއެމްސީގެ މުވައްޒަފުންނަށް ފުލުހުން ހުރަސްއަޅަނީ/ ފޮޓޯ: ވޮއިސް
ހަބަރު
29 Mar 2023 | 14:55
މުސާރަ ނުދީގެން ދިޔަ މުވައްޒަފުންނާއި އެމްބަސިޑަރު ބައްދަލެއް ނުކުރި!

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިންނަށް އެ ކުންފުނިން މުސާރަ ނުދޭ މައްސަލައިގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރާއި ބައްދަލުކުރަން ދިއުމުން މުވައްޒަފުންނާއި ބައްދަލުނުކޮށް އަނބުރާ ފޮނުވާލައިފި އެވެ. 

ޖޭއެމްސީގެ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެ މަސައްކަތްތެރިން 3 ދުވަހު ހަޅުތާލުކުރުމަށްފަހު، މިއަދު ވަނީ އިންޑިއާ އެމްބަސީ ކައިރިއަށް އެއްވެފައެވެ. 

އެ މަސައްކަތްތެރިން ބުނެފައިވަނީ ޖޭއެމްސީ ކުންފުނިން މަސައްކަތްތެރިންނަށް އިހުމާލުވާ މައްސަލައިގައި އެމްބެސެޑަރާއި ބައްދަލުކުރަން ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލައަށް ޙައްލު ހޯދާއިދިނުމަށް އެމްބަސީގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. 

ގިނަ އަދަދެއްގެ މަސައްކަތްތެރިންވަނީ މިއަދު އިންޑިއާ އެމްބަސީ ސަރަހައްދަށް އެއްވެ މުޒާހަރާވެސްކޮށްފަ އެވެ. 

އިންޑިއާގެ މަސައްކަތްތެރިންނާއި އިންޑިއާ އެމްބެސެޑަރު ބައްދަލުކުރައްވާފައި ނުވާއިރު، އެމްބަސީއަށް ވަނުމަށް ފުލުހުން ވަނީ މަސައްކަތްތެރިންނަށް ހުރަސްއަޅާފަ އެވެ. 

އެކަމާއި ގުޅިގެން އިންޑިއާ އެމްބަސީ ސަރަހައްދުގައި ޖޭއެމްސީގެ މަސައްކަތްތެރިންވަނީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ. ޖޭއެމްސީގެ މަސައްކަތްތެރިންގެ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އަދި މުޒާހަރާ ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލާ އިންޑިއާ މަސައްކަތްތެރިން އެ ސަރަހައްދުން ފޮނުވާލާފަ އެވެ. 

އޭގެ އިތުރުން އެ ސަރަހައްދުގެ މަންޒަރުތައް ކަވަރުކުރަމުން ދިޔަ "ވޮއިސް" ގެ ނޫސްވެރިޔާއަށްވެސް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އަދި އެ ސަރަހައްދުގެ މަންޒަރުތައް ރިކޯޑު ނުކުރުމަށް އިންޒާރުދީ ނޫސްވެރިޔާ ފަހަތައް ޖައްސާފަ އެވެ. 

ޖޭއެމްސީގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ މުޒާހަރާކުރަން ފަށާފައިވަނީ އެ ކުންފުނިން މަސައްކަތްތެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ނުވާއި ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައެވެ. މިއަދުގެ މުޒާހަރާގައި ބައިވެރިވި އެ ކުންފުނީގެ މުވައްޒަފަކު ވޮއިސްއަށް ކިޔައިދިން ގޮތިގައި ޖޭއެމްސީއިން މަސައްކަތްތެރިންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެއްޖެއެވެ.

މުވައްޒަފުންނަށް ބޭނުންވާ ކާއެއްޗެހީގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދިނުން ފަދަ އަސާސީ ޚިދުމަތްތައްވެސް ކުންފުނިން ފޯރުކޮށްނުދޭކަމަށް އޭނާ ކިޔައިދިނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.