އިންޑިއާގެ މަސައްކަތްތެރިން ކާން ގެނެސްފައިހުރި މަސްތައް ހަލާކުވެފައި/ ފޮޓޯ: ވޮއިސް
ހަބަރު
30 Mar 2023 | 15:06
ކާން ހުރީ ހަލާކުވެފައި ހުރި މަހާއި ތަރުކާރީ: އިންޑިއާ މަސައްކަތްތެރިން!

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިންނަށް ކާންދެނީ ހަލާކުވެފައި ހުންނަ މަހާއި ތަރުކާރީކަމަށް އެ މީހުން ބުނެފިއެވެ. 

ހުޅުމާލޭގައި އިންޑިއާގެ މަސައްކަތްތެރިން އުޅެމުންދާ ގޮތް އެމީހުން ވަނީ "ވޮއިސް" ޓީމަށް ދައްކާލާފަ އެވެ. 

އެމީހުން ކިޔައިދިން ގޮތުގައި އެމީހުންނަށް ކާން ހުންނަނީ ފުސްޖަހާ ހަލާކުވެފައި ހުންނަ މަހެވެ. އަދި އެމީހުން ކާން ގެނެސްފައި ހުންނަނީ ހަލާކުވެގެން އުކާލަން ނަގާފައި ހުންނަ ތަރުކާރީއެވެ. 

ވޮއިސް ޓީމުން ވާނީ އެމީހުން ދިރިއުޅޭ ސަރަހައްދަށް ގޮސް އެކަންކަން ބަލާފަ އެވެ. އެގޮތުން ބެލި ބެލުމުން މުވަޒަފުން ކާން ބޭނުންކުރާ މަސް ރައްކާކުރާ ސަރަހައްދުންނާއި މަސް ފިނިކުރާ އަލަމާރިން މަސްކުނި ވަސް ވަރަށް ގަދައަށް ދުވައެވެ. އަދި މަސްތައް ހަލާކުވެ ކުނިވެފައިވާކަން ފާހަގަކުރެވުނެވެ. 

ބަލި ހާލަތު ބޮޑުވެފައިވާ ޖޭއެމްސީގެ މަސައްކަތްތެރިއެއް/ ފޮޓޯ: ވޮއިސް

އެމީހުން ކިޔައިދިން ގޮތަށް، މަސައްކަތްތެރިން ކާން ހުރި މަހުގައި ވަނީ ފުސް ޖަހާ ހަލާކުވެފައެވެ. ގިނަ ދުވަސްވެ ނުބައި ވުމުގެ ސަބަބުން އެ މަސްތަކުގައި ހުރީ ފުޅަ އަޅާފަ އެވެ. 

އެމީހުން ކިޔައިދިން ގޮތަށް ކާން ގެނެސްފައި ހުރި ތަރުކާރީތައްވެސް އަދި ބިސްތައްވެސް ހުރީ ހަލާކުވެފައެވެ. 

އިންޑިއާ މަސައްކަތްތެރިންނަށް ކާން ދިނުމަށް ހުރި ބިސްތައް ހަލާކުވެފައި

އެމީހުން ބުނީ ކުނިވެ ހަލާކުވެފައި ހުންނަ އެއްޗިހި ކާން ޖެހޭތީ ވަރަށް އަވަސް އަވަހަށް މީހުން ބަލިވާ ކަމަށެވެ. 

އެމީހުން ކިޔައިދިން ގޮތުގައި ހަލާކުވެފައި ހުންނަ އެއްޗިހި ކާން ޖެހޭތީ ކާނާ ވިހަވުމުގެ ސަބަބުން މުވައްޒަފުން ވަރަށް އަވަސް އަވަހަށް ބަލިވެއެވެ. 

އިންޑިއާގެ މަސައްކަތްތެރިން ކާން ގެނެސްފައިހުރި މަސްތައް ހަލާކުވެފައި/ ފޮޓޯ: ވޮއިސް

އެހެން ނަމަވެސް ބަލިވެގެން ޑޮކްޓަރަށް ދައްކާން އެދުނަސް، ބޭސްފަރުވާކޮށް ނުދޭކަމަށާއި، ބަދަލުގައި ދެނީ އިންޒާރުކަމަށް އެމީހުން ކިޔައިދިނެވެ. 

އެމީހުން ބުނީ ބޭސްފަރުވާކޮށް ނުދޭތާ މުސާރަކޮޅުވެސް ނުދޭތީ އެމީހުންނަށް ފަރުވާ ހޯދޭނެ އެއްވެސް ގޮތެއް ނޯންނަކަމަށެވެ. ބަލިވެގެން މަސައްކަތަށް ނުދާނަމަ ދޭ މުސާރަކޮޅުން ވެސް ކަނޑާނެ ކަމުގެ އިންޒާރުތައް ދޭއިރު، ބަލިވިޔަސް މަސައްކަތަށް ނުކުންނަ މީހުން ތިބޭކަމަށް އެ މުވައްޒަފުން ކިޔައިދިނެވެ. 

އެހެން ނަމަވެސް މަސައްކަތްތެރިން ބަލިވިޔަސް ބޭސްފަރުވާކޮށް ނުދޭ ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް ކުންފުނިން ފައިސާވެސް ފޯރުކޮށް ނުދޭކަމަށެވެ. އޭގެއިތުރުން މުސާރަވެސް ނުދޭއިރު، އެމީހުން ތިބެނީ ގޮތް ހުސްވެފައިވާކަމަށް ޖޭއެމްސީގެ މުވައްޒަފުން ކިޔައިދިނެވެ. 

ކޮމެންޓް
ޖުލައި
ދެން ބަލާ ތިމީހުން އަޅާ ފުލެޓްތަށް ހުންނާނެ ގޮތް
30 Mar 2023
އައްޑޫކުއްޖާ
ސާލިހުގެ ހެޔޮވެރިކަން މި ފެންނަނީ
30 Mar 2023
ސުޖާ
ކޮބާ ދިވެހިސަރުކާރުގެ އިންސާނިޔަތުކަން މާތްﷲގެ އިރާދަފުޅުން އިންސާނީ ހައްގުތައް ރައްކާތެރި ނުކުރެވޭ އެވެސް ސަރުކާރަކަށް މިރާއްޖޭގައި ވެރިކަން ނުކުރެވޭނެ
30 Mar 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.