ލަގީބް މުހައްމަދު މާހިދު
ހަބަރު
30 Mar 2023 | 21:32
އެންވަޔަރަމެންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި

އެންވަޔަރަމެންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރަކު މަގާމުގައި ހުންނެވި ލަގީބް މުހައްމަދު މާހިދު އެ މަގާމުން ވަކިކޮށްފި އެވެ. 

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެދަށުން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުން ލަގީބް މުހައްމަދު މާހިދު މިއަދު ވަކި ކުރައްވާފައިވާ ކަމަށެވެ. 

އަދި އެ ސިޓީގައި ވަނީ ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައި ހުންނަވައިގެން ލަގީބް މުހައްމަދު މާހިދު ކުރެއްވި ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. 

މި ފަހަކަށް އައިސް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނުކުރައްވާ ބޭފުޅުންތައް އެ މަގާމުތަމުން އަންނަނީ ވަކި ކުރަމުންނެވެ.  

އެގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެ މަގާމުން ވަކިކޮށްފައިވާއިރު، އެމްޑީޕީގެ ނައިބު ރައީސް، މުޙައްމަދު ޝިފާޒު ވެސް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން ވަކި ކުރައްވައިފައެވެ.

މީގެ އިތުރުން އެގްރޯނެޓް ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދާއި، ގއ. ކޮލަމާފުށި ޔޫތު ސެންޓަރުގެ، ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި އެރަށު ބޮންތި، ސައްފަތުالله ޖަމީލް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެ ފަރާތްތައް މަގާމުން ވަކިކޮށްފައި މިވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމު ތަކުގައި ތިބި ބޭފުޅުންގެ ތެރެއިން، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއިދު ނުކުރާ މެންބަރުން މަގާމުތަކުން ވަކި ކުރުމަށް ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މެންބަރުން ގޮވަމުންދާ ދަނޑިވަޅެއްގައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.