އިންޑިޔާގެ މުސްލިމުން ތަކެއް މީގެ އަހަރުތަކެއް ކުރިން މައިދާނެއްގައި ނަމާދުކުރަނީ
ދުނިޔެ
30 Mar 2023 | 23:41
ރަމަޟާން މަހާއި ދިމާކޮށް އިންޑިޔާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް އިތުރުވެއްޖެ

ކުރިއަށްމިދާ ބަރަކާތްތެރި ރަމަޟާން މަހާއި އެކު އަވައްޓެރި އިންޑިޔާގައި އުޅޭ މުސްލިމުންނަށް އެޤައުމުގެ ހިންދޫންގެ ފަރާތުން ކުރިމަތިވަމުން އަންނަ ދުއްތުރާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން މީގެ އެއްދުވަސް ކުރިން އިންޑިޔާގެ މިސްކިތެއްގައި އިމާމްވެ ނަމާދުކުރާ އިމާމެއްގެ ގައިގައި އެއްވެސް ރަޙްމެއް ނެތި ވަނީ ތަޅާ އަނިޔާކޮށްފައެވެ. އަދި ހަރުކަށި ހިންދޫން އޭނާ އަށް "ޖެއިޝްރީރާމް" ކިޔަން އެންގުމުން އޭނާ އެހެން ނުކިޔުމުން އެއިމާމްގެ ތުނބުޅި ގަދަކަމުން ކޮށާލައި އެނޫންވެސް ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. މިއަނިޔާ ތަކުގެ ސަބަބުން އޭނާ ވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ.

އަދި މިއަދުވެސް ހައްދުފަހަނައެޅި ހިންދޫން ވަނީ މުސްލިމުން އަޅުކަންކުރާ މިސްކިތެއްގެ ކައިރީގައި އަޑުގަދަކޮށް އެމިސްކިތުގައި ނަމާދަށް ތިބި މުސްލިމުންނަށް މަލާމަތްކޮށް އާޑަ ފުރައްސާރަކޮށްފައެވެ. އަދި ހިންދޫ ދީނުގެ އަޤީދާއާއި ގުޅޭ ބަސްތަކުން އަޑުގަދަ ކުރަމުންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިންޑިޔާގެ ގުޖުރާތުގައި ހުންނަ މިސްކިތެއްގެ ކުރިމައްޗަށް އެއްވި ހިންދޫން ތަކެއް ވަނީ މިސްކިތުގެ ކައިރީގައި އަޑުގަދަކޮށް ލަވަޖަހައި އެދީނުގެ ޝިއާރުތައް ފާޅުކޮށްފައެވެ. އަދި މިސްކިތައް އޮއްގައު އުކައި މުސްލިމުންނަށް އުނދަގޫ ކުރި ކަމަށް ވެސް ޓްވިޓާގައި މިފަދަ ކަންކަން ދުނިޔެއަށް ހާމަކޮށްދިނުމަސް މަސައްކަތް ކުރާ އިންޑިޔާގެ މީހެއް ކަމަށްވާ އަޝޯކް ސުވައިން ވަނީ ބުނެފައެވެ.

މީގެ އިތިރުން ވެސް އިންޑިޔާގެ އުއްތައްޕްރަދޭޝްގެ އަވަށެއްގައި އަމިއްލަ ގޭގައި ނަމާދަށް ތިބި ބަޔަކަށް ހުރަސް އަޅައި ފުލުހުން ގެނެސް ނަމާދުކުރުން ހުއްޓުވައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.