ގްރިލްޑް ޗިކަން--
ލައިފްސްޓައިލް
31 Mar 2023 | 11:14
ހުކުރު ދުވަހު ރޯދަ ވީއްލާގަޑީ ކެއުމަށް ކުކުޅެއް ފިހެލަން ކިހިނެއްވާނެ؟

މިއަދު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ ގްރިލްޑް ޗިކަން ތައްޔާރު ކުރާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވެސް ވަރަށް މީރު ވާނެއެވެ. 

ބޭނުންވާ ތަކެތި:

1ކިލޯ ކުކުޅު (ހަން ނޮޅައި، މެދުން ފަޅާލާފައި)

1 ބޮޑު ފިޔާ

3 ލޮނު މެދު

ހިކަނދިފަތް

1/2 އިންޗި އިނގުރު

ގިތެޔޮ މިރުސް (ބޭނުން ނަމަ)

3 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައިސަމުސާ ދިރި

3 ކާށި ފޮތި (ފިހެފައި)

ނޫޑްލްސް ސޫޕް ޕެކެޓެއް

1 1/2 ލުނބޯ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 ސައި ސަމުސާ އޮއިސްޓާ ސޯސް 

1 ސައިސަމުސާ ލޮނު

1/2 ލުނބޯ (ފޮތި ކޮށްފައި)

1 އަލުވި (ކިޔުބް ކޮށް ކޮށާފައި)

1/2 ފިޔާ (ބޮޑެތިކޮށް ވަށްކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް 

1) ފިޔާ، ލޮނުމެދު، ހިކަނދިފަތް، އިނގުރު، ގިތެޔޮ މިރުސް، މުގުރި މިރުސް، އަސޭމިރުސް، ދިރި، ކާށި އަދި ނޫޑްލްސް ސޫޕް ޕެކެޓް އެއްކޮށް މިކްސަރުން ހިމުންކޮށް މުގުރާލާއި ލޮނު މިރުސް ގަނޑެއް ތައްޔާރު ކޮށްލާށެވެ. 

2) ދެން ތައްޓަކަށް ލޮނު މިރުސް ގަނޑު އަޅާލުމަށްފަހު އޭގެ ތެރެއަށް ސޯޔާ ސޯސް، އޮއިސްޓާ ސޯސް އަދި ލޮނު އަޅާލުމަށްފަހު، ހުތްވެސް ޖަހާލުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ. 

3) އެއަށްފަހު އެ މިރުސް ގަނޑު ކުކުޅުގައި ރަނގަޅަށް އުނގުޅާލުމަށްފަހު 1 ގަޑި އިރު ވަންދެން ފްރިޖުގައި ނުވަތަ ފްރިޖުން ބޭރުގައި ނަމަވެސް މެރިނޭޓް ކުރަން ބަހައްޓާށެވެ. 

4) ދެން 200 ޑިގްރީސް ސެލްސިއަސްއަށް 10 މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކުރާށެވެ. 

5) އެއަށްފަހު ޓްރޭގައި ރަނގަޅަ ތެޔޮ އުނގުޅުމަށްފަހު ކުކުޅު ޓްރޭއަށް ލުމަށްފަހު، ކުކުޅު މަތީގަޔާއި އެތެރޭގައި، އަލުވި، ލުނބޯ ފޮތި އަދި ފިޔާވެސް އަތުރާލާށެވެ. ދެން ޓްރޭ އަވަނަށް ލައި ކުކުޅު ފިހެލާށެވެ. 

6) ގާތް ގަނޑަކަށް 30 މިނެޓް ފިހެވުމުން ކުކުޅު މެރިނޭޓް ކުރި ތަށީގައި އިތުރުވެފައި ހުރި ޕެސްޓް ކޮޅު ކުކުޅު މަތީގައި އުނގުޅާލުމަށްފަހު ރޯ ފިލަންދެން އަނެއްކާވެސް ފިހެލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.