އިދިކޮޅު ކޯލިޝަންެގެ މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ:ޕީޕީއެމް
ހަބަރު
31 Mar 2023 | 11:19
މުޒާހަރާ ކަވަރު ކުރަމުންދިޔަ އަންހެން ނޫސްވެރިޔަކަށް ފުލުހުން ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާއެއް ކަވަރު ކުރަމުންދިޔަ "ހުވަދޫ" ނޫހުގެ އަންހެން ނޫސްވެރިޔާ ފާތިމަތު ތައުފީޤް އަށް މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި ފުލުހުން ޖިންސީ ފުރައްސާރަކޮށްފި ކަމަށް އެ ނޫސްވެރިޔާ ބުނެފިއެވެ.

މިކަމާއި ގުޅޭ ގޮތުން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން މުޒާހަރާގެ ބައިވެރިއެއް ހައްޔަރުކުރާ މަންޒަރުގެ ވީޑިއޯ ނެގުމަށް ހުއްޓިލައިގެން ހުރިވަގުތު ވީޑިއޯ ނެގުމަށް ހުރަސްއެޅުމަށް އިސް އޮފިސަރަކު ކޮމާންޑް ދިން ކަމަށާއި، އެކޮމާންޑަށް ޢަމަލުކުރަން އައި ޕޮލިސް އޮފިސަރުވަނީ އޭނާގެ މޭމަތީގައި އަޅައި ދެފަހަރަކަށް ފަހަތަށް ކޮށްޕާލައިފައި ކަމަށެވެ.

އަދި އޭނާއަކީ ބްރޮޑްކޮމްގައި ރެޖިސްޓަރ ވެފައިވާ ނޫސްވެރިއެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މިމައްސަލަ ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް އޭނާ ވަނީ ގޮވާލައިފައެވެ.

މި މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހުވަދޫ ނޫހުންވެސް ބުނެފައެވެ. އަދި އެނޫހުގެ ނޫސްވެރިޔާ އަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.

މުޒާހަރާ ތަކާއި ސިޔާސީ އެހެނިހެންވެސް ކަންކަން ކަވަރުކުރުމަށް ހަރަކާތްތެރިވ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކި ކަހަލަ ގެއްލުންތައް ލިބޭ ކަމަށް ދެކެވޭ ވާހަކަތައް މިދުވަސްވަރު ވަނީ ގިނަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ