ހަބަރު
31 Mar 2023 | 22:00
ދިވެހި ދަރިވަރުންނަށް ކޯސް ފުރިހަމަ ވަންދެން ބަންގްލަދޭޝުން ވިސާ ދެނީ

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަދީފައިވާ ތަޢުލީމީ މުއައްސަސާތަކުގައި ކިޔަވަމުންދާ އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެދަރިވަރުންގެ ކޯހުގެ މުއްދަތު ފުރިހަމަވަންދެން ދިގު މުއްދަތުގެ ވިސާ ހަމަޖައްސައިދިނުމަށް ބަންގަލަދޭޝް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

ދިގު މުއްދަތަަށް ވިސާ ދޭން ނިންމުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޫމިން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ.

މީގެ ކުރިން ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ވިސާ އައު ކުރަން ޖެހެ އެވެ. އަދި ވިސާ ހޯދުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. ނަމަވެސް، ބަންގްލަދޭޝް ސަރުކާރުގެ މިނިންމެވުމާއެކު ވިސާ ހޯދުމުގައި އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހި ކޯހުގެ މުއްދަތަށް ވިސާ ލިބިގެންދާނެ އެވެ.

ބަންގްލަދޭޝްގައި މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުކަމާއި އަދި އިންޖިނިއަރިން ފަދަ ދާއިރާތައް ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.