މޫކޭ އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ސަންގު
ހަބަރު
01 Apr 2023 | 22:47
މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެ: މޫކޭ

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ދެކޮޅު މީހުން ގޮވައިގެން އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ސިފަކުރައްވައިފި އެވެ. 

މޫކޭ މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ވެރިކަންކުރާ އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު އެމަޤާމުން ވަކިކޮށް އެ މަގާމް އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު އިބްރާޙީމް ވަހީދު (އިބުރޭ)އަށް ދޭން ސަރުކާރުން ނިންމެވުމާއި ގުޅިގެން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ފާޑުވިދާޅުވުން، އެބޭފުޅާއަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން މޫކޭ ވިދާޅުވީ އެމްޑީޕީ ތެރޭގައި ފަނިއަޅާ، މުޅި ޕާޓީ ފަނިކާން ދޫކޮށްލައްވައިގެން ރައީސް ޞާލިހު ހުންނަވާނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ގޮފި ފިކުރެއްގެ ދިރުމުގެ ބޭފުޅުން ޤަބޫލުކުރައްވާނަމަ އެއީ މޮޔަ ޤަބޫލުކުރެއްވުމެއް ކަމަށެވެ. 

މިހާ ދުވަސްވަންދެން ފިކުރެއްގެ ދިރުމުގެ ބޭފުޅުން ސަރުކާރުގައި ތިއްބެވީ ރައީސް ޞާލިހުގެ ރަނގަޅުކަމުން ކަމަށާއި، އަބަދު އެ ދޫ ދެއްވައިގެން އެމަނިކުފާނު ނުހުންނަވާނެކަމަށް މޫކޭ ވިދާޅުވި އެވެ. 

ނަޝީދުގެ ގޮފި "ފިކުރެއްގެ ދިރުމުގައި" ތިއްބެވީ ހުސްވެސް މުނާފިގުންކަމަށް ސިފަކުރައްވާ މޫކޭ ވިދާޅުވީ (ރިޔާސީ މައިދާނަށް) ނިކުންނައިރު މުނާފިގުން ގޮވައިގެން ހަނގުރާމަ ނުކުރެވޭނެ ކަމަށެވެ. 

"އެމް.ޑީ.ޕީ ފަނިކާން ދޫކޮށްލައިގެން ރައީސް ޞާލިޙު ހުންނަވާނެ ކަމަށް ހީކުރުމަކީ ފިކުރޭމެންގެ މޮޔަކަން. ރައީސް ޞާލިޙު މި ވީހާ ދުވަހު ތިޔައެންމެން ބައިތިއްބައިގެން ހުންނެވިކަން ރަނގަޅު. މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނެ"

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު 

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ސަރުކާރުން ގެންދަނީ ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިކުރަމުންނެވެ. 

ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ކިޔުއްވާ ބައެއް މެމްބަރުން ވިދާޅުވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް މަގާމުން ވަކިކުރަން ނިންމީ އެ ބޭފުޅުންނަކީ ރައީސް ޞާލިހުގެ ސިޔާސަތާއި ދެކޮޅު ބޭފުޅުންނަށް ވުމުންކަމަށެވެ. އަދި ދެކޮޅު މީހުންނާއެކު ސަރުކާރު ހިންގަން ދަތިވާނެތީ ކަމަށެވެ. 

ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ރައީސް ޞާލިހަށް ތާއީދު ނުކުރައްވާ ފަރާތްތައް ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވުމަށް ގޮވާލައްވަމުންނެވެ. 

ކޮމެންޓް
ޢއިއްބެ
އިބިލީސްބުންޏަސްތެދެއްވާނީތެދަކަށް
01 Apr 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.