ހުވަދޫ ނޫހުގެ ނޫސްވެރިޔާއަށް ފުލުހުން ހުރަސްއަޅަނީ/ ފޮޓޯ: ހުވަދޫ އޮންލައިން
ހަބަރު
02 Apr 2023 | 12:38
އަންހެން ނޫސްވެރިއެއްގެ މޭމަތީ ފުލުހަކު އަތްލި މައްސަލަ އެމްޖޭއޭއިން ކުށްވެރިކޮށްފި!

އިދިކޮޅު މުޒާހަރާ ކަވަރުކުރަމުން ދިޔަ "ހުވަދޫ އޮންލައިން" ގެ އަންހެން ނޫސްވެރިއެއްގެ މޭމަތީ ފުލުހަކު އަތްލި މައްސަލަ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ. 

އެ ކަމާއި ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުވަދޫ އޮންލައިންގެ އަންހެން ނޫސްވެރިޔާ ފާތިމަތު ތައުފީގުގެ މޭމަތީގައި ފުލުހަކު އަތްލި މައްސަލަ އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައުމުން އެކަން ހިނގާފައިވާ ގޮތް ބަލާފައިވާނެ ކަމަށެވެ. އަދި ބެލިބެލިމުން ކަންބޮޑުވުން ހުރި ކަންކަން ފާހަގަކުރެވިފައި ވާ ކަމަށެވެ.

އެމައްސަލަ ސަމާލުކަމަށް އައުމާއެކު އެ ޔޫނިއަންގެ ވިމަންސް ކައުންސިލް އެއްވެ އެހާދިސާއާ ގުޅޭ މައުލޫމާތު އެއްކޮށް ބެލިއިރު އެކަމުގައި ކަންބޮޑުވާ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

އަދި އެކަން ފާޅުގައި ކުށްވެރި ކުރުމަށް ވިމެންސް ކައުންސިލަށާއި އެ ޔޫނިއަންއަށް އިއްތިފާގު ވެވުނު ކަމަށް އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޖޭއޭއިން ބުނީ ފާތިމަތު ތައުފީގު އެކައުންސިލަށް މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާ ހިގައިދިޔަ ވަގުތަކީ ފުލުހުންގެ ފުލުހުންގެ އަންހެން މުވައްޒަފުން ވެސް ތިބި ވަގުތެއް ކަމަށެވެ. އަދި އަންހެން ނޫސްވެރިއެއްގެ ގައިގައި ފިރިހެން އޮފިސަރަކު އަތްލުމަކީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންވެސް އެއަދާކުރަނީ އެމީހުންގެ ޒިންމާކަން ފުލުހުންވެސް ގަބޫލުކޮށް އެމީހުންގެ މަސައްކަތަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް އެ ޔޫނިއަންއިން ދިވެހި ފުލުހުންނަށް ތަކުރާރުކޮަށް ގޮވާލާކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އެމްޖޭއޭ އިން ބުނީ ފާހަގަ ވެފައިވާގޮތުގައި މުޒާހަރާ ކަވަރުކުރާ ނޫސްވެރިން އަމަލުކުރާނޭ، އެންމެންނަށް އެއްބަސްވެވޭނޭ ގައިޑްލައިނެއް އެކުލަވާލާ އަމަލުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސް އެޅުމާއި، މުޒާހަރާތައް ރޫޅާލުމުގައި ނޫސްވެރިންނަށް އަނިޔާވާގޮތަށް އަމަލުކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންގެ ފަރާތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެފަދަ މައްސަލަތައް އަވަސް ގޮތެއްގައި ބަލައި މިފަދަ ކަންކަމުގެ ހަގީގަތް ހާމަކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތަތަކާ މެދު ފިޔަވަޅު އެމަށްވެސް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.