ފުލުހުން ކައިޒީންގެ ސެކިއުރިޓީގައި/ ފޮޓޯ: ވޮއިސް
ހަބަރު
02 Apr 2023 | 22:02
ކައިޒީންއަށް ޕާސަނަލް ސެކިއުރިޓީ ނުދޭކަމަށް ބުނެ ފުލުހުން ހެދީ ދޮގު!

މާޗުމަހުގެ 29 ވަނަ ދުވަހުގެ ރޭ ދިވެހި މޮޑެލް ފާތިމަތު ޒަޔާން (ކައިޒީން) އަށް ޕާސަނަލް ސެކިއުރިޓީ ނުދޭކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގު ހަދައިފި އެވެ. 

ކައިޒީންގެ އުފަންދުވަސް ފާހަގަކުރުމަށް އުސް ފަސްގަނޑުގައި ކޭކު ފަޅާ ހަވާއެރުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތާއި، އެ ފަހުންވެސް ފުލުހުންގެ ޕާސަނަލް ޕްރޮޓެކްޝަން އޮފިސަރުންގެ ޓީމެއް ވަނީ ކައިޒީންގެ ގާތުގައި ހަރަކާތްތެރި ވެފައެވެ. 

އެގޮތުން އޭނާ އެ ސަހަރައްދަށް ދިޔަ ވަގުތު ވަށައިގެން ސެކިއުރިޓީން ތިބި މަންޒަރާއި، ކައިޒީންގެ ކާރުގެ ދޮރު ހުޅުވާދިނުމަށް ވެސް ސެކިއުރިޓީ އޮފިސަރުން ތިބި މަންޒަރު ފެނިގެންދާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމުވެފައެވެ. 

ކައިޒީންއަށް ސެކިއުރިޓީ ދޭން ތިބީ ފުލުހުންކަން ކަށަވަރުކުރެވުމުން "ވޮއިސް" އިން ވާނީ ކައިޒީންއަށް ދިވެހި ފުލުހުން ސެކިއުރިޓީ ދިނީ ކޮން އުސޫލަކުންތޯ އަހާ ސުވާލުކޮށްފަ އެވެ. އެއީ ވިޔަފާރި އުސޫލުން ކުރި ކަމެއް ތޯއާއި ފުލުހުން ޕާސަނަލް ސެކިއުރިޓީ ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލެއް އައިސްފައި ވޭތޯ ވެސް ވޮއިސްއިން ވާނީ އަހާފަ އެވެ. 

އެ ސުވާލާއި ގުޅިގެން ފުލުހުން ވަނީ ދޮގު ހަދާފަ އެވެ. އެގޮތުން އެރޭ ފުލުހުން ހަރަކާތްތެރިވީ ހަވާއެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެއްވުމުން އާންމު އުސޫލުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ފުލުހުން ކައިޒީންއަށް ސެކިއުރިޓީ ފޯރުކޮށްދެނީ

"މާޗު 29 ވަނަ ދުވަހުގެ ރޭ އުސް ފސްގަނޑުގައި ހަވާއެރުވި އިރު ފުލުހުން ހަރަކާތްތެރިވެފއިވޭ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ ހަވާއެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާތީ އާންމު އުސޫލުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް. އެ އިވެންޓާއި ގުޅިގެން ޕާސަނަލް ސެކިއުރިޓީ އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާނެ"

ދިވެހި ފުލުހުންގެ ޚިދުމަތް 

ފުލުހުން މިފަދައިން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ. ކައިޒީންއަށް ޕާސަނަލް ސެކިއުރިޓީ ފުލުހުން ވަނީ ފޯރުކޮށްދީފަ އެވެ.

ކައިޒީންއަށް ސެކިއުރިޓީ ފޯރުކޮށްދިން އޮފިސަރުންނަކީ ފުލުހުންގެ ތެރޭގައި، ޕާސަނަލް ސެކިއުރިޓީ ދިނުމަށް ހަދާފައި އޮންނަ ހާއްސަ ޔުނިޓުގައި މަސައްކަތްކުރާ ބަޔެކެވެ. އަދި އެ ޔުނިޓުގައި އުޅޭ ފަރާތްތައް ފުލުހުންގެ އެއްވެސް ޑިއުޓީއެއް ނުވަތަ އާންމު ތަންތަނުގައި ސެކިއުރިޓީ ކުރުން ފަދަ ކަންކަމެއް ނުކުރާނެއެވެ. 

އޭގެ އިތުރުން އާންމު ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ ނަމަ ފުލުހުން އެކަން ކުރާނީ ޔުނިފޯމުގައެވެ. 

ކުލަ ހެދުމުގައި ސެކިއުރިޓީ ދިން ސަބަބާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި އޭގެ ތަފްސީލު ހޯދުމަށް ފުލުހުންގެ މީޑިއާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބުދީފައި ނުވާއިރު ފޯނުލައިން ބިޒީކޮށް ޖަވާބުދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.  

ކޮމެންޓް
ގަލަން
ހާދަ ބޮޑުކަމަކައް ވެއްޖެ ކަމަންހެން ހީވަނީ އެކީއްވެބާ ނޫސްތަކުން ފެންނަނީ ސިކިއުރިޓީ އެވާހަކަތައް ކޮންމެ ދުވަހަކުވެސް ކޮންގޮތަކައް ބާ ނިމޭނީ މިހެން ގޮސް
02 Apr 2023
އައްލާބެ
މީނާއަކީ ކާކުކަން އަދި ކޮންފެންވަރެއްގެ މީހެއްކަންވެސް އަހަރުމެންނަކަށްނޭގޭ. ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ސެކިއުރިޓީދެނީ ވަރަށް މަޝްހޫރު ޕަބްލިކް ފްރޮފައިލްސްއެއް އޮންނަމީހުންނަށް.
03 Apr 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.