ޖެންޑާ މިނިސްޓަރާއި ކަމިޝަނާ އޮފް ޕޮލިސް ވާހަކަދައްކަވަނީ/ ފޮޓޯ: ޖެންޑާ މިނިސްޓްރީ
ހަބަރު
02 Apr 2023 | 14:51
ޖާމިން މަރުވީ މޮނިޓާ ކޮށްދޭން ފުލުހުންނަށް އެދިފައި ވަނިކޮށް: ޖެންޑާ މިނިސްޓްރީ

ގެއްލިގެން ހޯދަމުން ދަނިކޮށް 31 މާރިޗު 2023 ވަނަ ދުވަހު ގދ. ކަނޑުހުޅުދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޖާމިން އަބްދުލްކަރީމް މަރުވީ އޭނާގެ ހަރަކާތްތައް މޮނީޓާ ކުރުމަށް ފުލުހުގައި އެދިފައި ވަނިކޮށް ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ. 

ޖާމިން ގެއްލިގެން ހޯދަމުންދަނިކޮށް ކަނޑުހުޅުދޫ ފަޅުތެރޭގައި އޮއްވާ ފެނިގެން ހޮސްިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އޭނާ އަކީ ނަފްސާނީ ބަލި ހުންނަ ފަރާތެއްކަން ވަނީ ދެނެގަނެވިފައެވެ. 

ޖެންޑާ މިނިސްޓްރީން ބުނީ ޖާމިންއަށް ބޭނުންވާ ނަފްސާނީ ފަރުވާ ދިނުމަށް 2022 މާޗް މަހު މާލެ ގެނެވި، ސެންޓަރ ފޯރ މެންޓަލް ހެލްތުން އޭނާ ހޮސްޕިޓަލްގައި އެނދުމަތިކޮށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. 

ފަރުވާއަށްފަހު ހާލަތަށް ރަނގަޅު ބަދަލެއް އައުމުން އާއިލާގެ އަމިއްލަ ނިންމުމާއި އެކު، އަނބުރާ ރަށަށް ބަދަލުކުރެވިފައިވާ ކަމަށާއި، އެފަހުން އަނެއްކާވެސް ހާލަތު ގޯސްވަމުންދާތީ އާއިލާގެ އެދުމުގެ މަތިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަޖައްސާފައިވާނެ ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ. 

ޖެންޑާ މިނިސްޓްރީން ބުނީ ޖާމިނުގެ ހާލަތާއި މެދު އެ މިނިސްޓްރީއާއި އެ ރަށު ކައުންސިލާއި ފުލުހުން ހިމެނޭހެން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބެލި ބެލުމުން ކަންބޮޑުވުން ހުރި ކަންތައްތަކެއް ޖާމިނުގެ ފަރާތުން ފާހަގަކުރެވިފައި ވާތީ މާޗުމަހުގެ 30 ވަނަ ދުވަހުގެ ރޭ (ޖާމިން މަރުވި ދުވެހުގެ ކުރީ ރޭ) ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އެކަން ގެނެސް ޖާމިނުގެ ހަރަކާތްތައް މޮނިޓާކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. 

"ޙާލަތު އެންމެފަހުން މޮނިޓަރ ކުރިއިރު ކަންބޮޑުވުން ހުރި ކަންކަން ފާހަގަކުރެވުމާއެކު، 2023 މާރިޗު 30 ވަނަ ދުވަހުގެ ރޭ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އެކަން ގެނެސް، އެ ފަރާތުގެ ހަރާކާތްތައް މޮނިޓަރކޮށްދެއްވުމަށް އެދިފައިވާނެ"

ޖެންޑާ މިނިސްޓްރީ 

މި ހާސިދާއާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.